އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާ އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
21 އެޕްރީލް 2025
އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާ އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނެވެ. އެމްއެންޑީއެފްގެ ފަޔާ ރެސްކިއުގެ އެހީގައި އޭނާ ނަގައިގެން ހަމަ އެ ދުވަހުން ފެށިގެން އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި އަންހެންމީހާ އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ. ނޭވާ ލެއްވުމަށް އޮކްސިޖަން ގުޅާފައިވާ ކަމަށް ވިދާޅުވިއަސް އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އަންހެން މީހާ ވެއްޓުނީ ކިތައް ވަނަ ފްލޯ އިން ކަމެއް އަދި އެ ހާދިސާގެ އިތުރު މައުލޫމާތެއް ވެސް ފުލުހުން މިހާތަނަށް ހިއްސާއެއް ނުކުރެ އެވެ.
އައިޖީއެމްއެޗްގެ ބަޔާން ގާނޫނާ ހިލާފް ކަމަށް ބުނެފި
ޕެޕަސްޕްރޭއިން ހާޓްއެޓޭކެއް ނުޖެހޭނެ: އައިޖީއެމްއެޗް
މާރާމާރީގައި އަނިޔާވެ ފަރުވާ ދެނިކޮށް، މަރުގެ އިންޒާރު
ދަރިފުޅު ހަމަލާދިނުމުން ޒަހަމްވި ބައްޕަ ފަރުވާއަށް މާލެ
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި
ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަނީ
އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސިޑެންޓުވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުގައި
ފައިނު އެކްސިޑެންޓް: ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި
ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް ފަރުވާދެނީ