16 މާޗް 2017
ވޮޝިންޓަން (މާޗް 16) - ޓްރަމްޕް ޓަވަރުގައި ހުންނަ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އޮފީހުގެ ފޯނުތައް، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އަޑު އެހިމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ހައުސްގެ ސްޕީކަރު ޕޯލް ރަޔަން ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (މާޗް 16) - ޓްރަމްޕް ޓަވަރުގައި ހުންނަ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އޮފީހުގެ ފޯނުތައް، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އަޑު އެހިމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ހައުސްގެ ސްޕީކަރު ޕޯލް ރަޔަން ވިދާޅުވެއްޖެ އެވެ.
ސެނެޓުގެ އިންޓަލިޖެންސް ކޮމިޓީގެ ޗެއާމަން ރިޗަޑް ބާ ވެސް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ވެސް އަދި ފަހުން ވެސް ޓްރަމްޕުގެ ފޯނު އެމެރިކާ ސަރުކާރުން އަޑުއެހިކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.
ސެނެޓުގެ އިސް ލީޑަރުން މި ގޮތަށް ވާހަކަ ދައްކަވާފައިވާ އިރު ވައިޓް ހައުސް އިން ވެސް ވަނީ ޓްރަމްޕް ކުރެއްވި ތުހުމަތުގެ ރާގު ބަދަލުކޮށްފަ އެވެ. ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ވިދާޅުވެފައި ވަނީ ޓްރަމްޕް އެ ގޮތަށް ވާހަކަ ދައްކަވާފައި ވަނީ އެމަނިކުފާނަށް ފާރާލާފައިވާކަން ދޭހަކޮށް ދިނުމަށް ކަމަށެވެ.
ސްޕައިސާ ވިދާޅުވީ މީހަކަށް ފާރަލުމަށް އެތައް ގޮތެއް ބޭނުން ކުރެވިދާނެ ކަމަށާއި ފޯނު އަޑު އެހުމަކީ އޭގެ ތެރޭން އެއް ގޮތް ކަމަށެވެ. ފޯނު އަޑުއެހި ކަމަށް ވިދާޅުވެ ޓްރަމްޕް ކުރެއްވި ޓްވީޓްތަކުގައި އޮބާމާގެ ނަން ސީދާ ގެނެސްފައި ނުވާނެ ކަމަށް ވެސް ސްޕައިސާ ވިދާޅުވި އެވެ. އަދި ޓްރަމްޕް އިޝާރާތް ކުރައްވާފައި ވަނީ އޮބާމާ ސަރުކާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް ކުރެއްވި ތުހުމަތާ ގުޅޭ ހެކި ހުށަހެޅުމަށް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން ރިޕަބްލިކަން ޕާޓީގެ އިސް ބައެއް ފަރާތްތަކުން ވެސް ވަނީ ގޮވާލައިފަ އެވެ. ނަމަވެސް ވައިޓް ހައުސް އިން މިހާތަނަށް އެއްވެސް ހެއްކެއް ދައްކައިފައެއް ނުވެ އެވެ.
ޓްރަމްޕުގެ ތުހުމަތު ވަނީ އޮބާމާގެ ތަރުޖަމާން ވެސް ދޮގު ކުރައްވައިފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ އޮފިޝަލުން ބުނީ މިއީ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި މައްސަލަ ކޮންގްރެސް އިން ތަހުގީގު ކުރާތީ އެކަމުގެ ސަމާލުކަން އަނބުރާލަން ޓްރަމްޕް ދައްކަވާ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ބައިޑެން، އޮބާމާ، ޓްރަމްޕު ވެސް ކެމްޕޭންގައި
އޮބާމާ އާއި ޓްރަމްޕްގެ މައްސަލަ ބެލި ގާޒީ ރާއްޖޭގައި
ސަބްސިޑީ ކަނޑާލުމުން އޮބާމާކެއާ މަރުވެއްޖެ: ޓްރަމްޕް
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ
އޮބާމާގެ މައްޗަށް ޓްރަމްޕް ބޮޑު ތުހުމަތެއް ކުރައްވައިފި
ޓްރަމްޕުގެ ޒައާމަތު އެމެރިކާ އަށް ފަސޭހައެއް ނުވާނެ!
މަގުބޫލުކަން އެންމެ ދަށް ރައީސަކީ ޓްރަމްޕް
އެމްބަސީ ގުދުސަށް ބަދަލު ކޮށްފިއްޔާ މުޅި ތަން ގޮވާނެ
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި
މަގާމުތަކަށް މީހުން ހޮވަން އޮބާމާގެ ލަފާ ޓްރަމްޕް ހޯދާ