Roadha Mihaaru

ޣައްޒާއަށް ބޭނުމީ ކާނާ އާއި ފެން، ލިބެނީ ބޮން: އދ

ފަލަސްތީނުގެ ޣައްޒާއަށް ފޯރުކޮށްދޭ އެހީ އަކީ "ހަތިޔާރު" ކަމަށް އިޒްރޭލުން ދައްކަން މަސައްކަތްކުރާތީ އެތަނުގެ އާންމުން މިހާރު ތިބީ ކާނާ އާއި ފެނަށް އިންތިހާއަށް ބޭނުންވެފައި ކަމަށާއި އެކަމަކު އެ މީހުންނަށް ލިބެނީ ބޮން ކަމަށް އދ. އިން ބުނެފި އެވެ.

އދ.ގެ އިންސާނީ އެހީދޭ އިދާރާ އޯސީއެޗްއޭ އިން ބުނީ ޣައްޒާއަށް އެހީ ވެއްދުން އިޒްރޭލުން ހުއްޓުވިތާ ގާތްގަނޑަކަށް ނުވަ ހަފުތާ ވެފައި ވާއިރު ޣައްޒާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އަދި އިތުރަށް ނުރައްކާވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ހަގީގަތަކީ އެހީގެ މަސައްކަތް އެއްކޮށް ހުއްޓުވާފައި އޮތްކަން ... މިހާރު އިތުރަށް ދޭނެ އެހީއެއް ނެތް،" ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޯސީއެޗްއޭގެ ތަރުޖަމާނު ޖެންސް ލާކޭ ވިދާޅުވި އެވެ.

އާންމުން ތިބީ ކާނާ އާއި ފެނަށް އިންތިހާއަށް ބޭނުންވެފައި އެކަމަކު ލިބެނީ ބޮން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށްދާ އެހީގެ މަސައްކަތްތައް ވެސް ހުއްޓުވާނެކަން އިޒްރޭލުގެ އޮފިޝަލުން އަނގަބަހުން އދ.ގެ 15 އެޖެންސީއަކާއި 200 އެންޖީއަކަށް އަންގާފައިވާ ކަމަށެވެ. މިއީ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ދަށުން އިޒްރޭލުގެ ހަބްތައް މެދުވެރިކޮށް ސަޕްލައި ފޯރުކޮށްދިނުމަށް އިޒްރޭލުން ވަނީ އަންގާފައި،" ލާކޭ ވިދާޅުވި އެވެ.

މި ހުށަހެޅުން އދ. އިން ވަނީ ގަބޫލު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

ލާކޭ ވިދާޅުވީ އެހީ ފޯރުކޮށްދެވޭނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް ބަލައިގެން ވަކި ހަމަތަކެއްގެ މަތިން ކަމަށެވެ.