އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު މިއަދު ދިން ހަމަލާތަކުގައި އެކަނި ވެސް މަދުވެގެން 74 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު މިއަދު ދިން ހަމަލާތަކުގައި އެކަނި ވެސް މަދުވެގެން 74 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޔަހޫދީނަށް ދައުލަތެއް ގާއިމުކޮށްދީ އެތަނުން ފަލަސްތީނުގެ އެތައް ލައްކަ ބަޔަކު އަނިޔާވެރިކަމާ އެކު ނެރެލި ހާދިސާއަށް އިއްޔެ 77 އަހަރު ފުރުމާ ދިމާކޮށް ވެސް 150 އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުކޮށްފައިވެ އެވެ.
ސިވިލް ޑިފެންސް އެޖެންސީންގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ ރެއިން ފެށިގެން މިއަދުގެ މިހާ ހިސާބަށް 74 މީހަކު ޝަހީދުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އޭނާ މެންދުރު ވިދާޅުވި ގޮތުގައި އެ ހިސާބަށް 50 މީހަކު ޝަހީދުވެފައިވެ އެވެ.
ހަމަލާތައް ވަރުގަދައަށް ދެމުން ދާއިރު ރެފިއުޖީން އުޅޭ ޖަބަލިޔާ ސަރަހައްދުން މީހުން ދުރަށް ދާން ވެސް އިޒްރޭލުން ވަނީ އިންޒާރު ދީފަ އެވެ.
އިޒްރޭލުން ހަމަލާތައް ވަރުގަދަކޮށްފައި މި ވަނީ "ހަމާސް ބަލިކުރުމުގެ އޮޕަރޭޝަން" ނިންމަން ހުރިހާ ބާރަކާ އެކު ޣައްޒާއަށް އަރާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދިނުމަށް ފަހު އެވެ. ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމުގެ މަޝްވަރާ ވެސް އަލުން ކުރިއަށް ދާއިރު ނަތަންޔާހޫ ބުނީ މަޝްވަރާ އާއި ހަމަލާތައް ކުރިއަށްދާނީ އެކުގައި ކަމަށާއި ދެން ހަމަލާތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
މިހާރު ވަނީ އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 53،000 އިން މައްޗަށް އަރައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 119،919 އަށް އަރާ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެ އެވެ.
ހަމާސްގެ ޖަވާބު އެމެރިކާއަށް ކަމަކުނުދިޔަ
މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދަނީ
ޣައްޒާގައި ކުޑަކުދިންނާއެކު 33 މީހަކު ޝަހީދުކޮށްލައިފި
ނަކްބާ ދުވަހު ޣައްޒާގައި 143 މީހަކު ޝަހީދުކޮށްފި
ޣައްޒާގައި 80 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފި
ހަމާސް އިން އެމެރިކާ-އިޒްރޭލު މީހާ މިނިވަންކޮށްފި
އިޒްރޭލާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް: ހަމާސް
ހަމާސް އިން ލުބްނާން ސިފައިންނާ މީހަކު ހަވާލުކޮށްފި
ޣައްޒާގައި ތިން ކުދިންނާ އެކު 16 މީހަކު ޝަހީދުކޮށްފި
ތިން ކުދިންނާ އެކު ފަލަސްތީނުން 11 މީހަކު ޝަހީދު