ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި އެވެ.
17 މެއި 2025
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފި އެވެ.
މެޓުން މިއަދު ބުނީ، ކުރިއަށް އޮތް ތިން ދުވަހު ހުޅަނގު މޫސުމުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހުގެ ނިޔަލަށް މޫސުން އެންމެ ގޯސްވާނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
އެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ އެ އަތޮޅުތަކަށް ހުޅަނގު މޫސުން ލަހުން ފެށުމުންނެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އޭގެފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މެއި 14 ގައި، އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި 17 ވަނަ ދުވަހު އެވެ.
ނިމިދިޔަ ހަފްތާގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވެފައިވެ އެވެ.
ކޮޅިގަނޑު ގަދަވެ، ކުރިއަށް އޮތީ ވިއްސާރަ 24ގަޑިއިރު
މި ވިއްސާރައިގެ އަސަރު ހަފުތާއެއްހާ ދުވަހަށް ކުރާނެ
ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރާނެ
ހޯމަދުވަހާ ހަމައަށް ވިއްސާރަ އަލިވާނެ ކަމަށް ނުބެލެވޭ
މި ފެށުނީ ވަރަށް ވިއްސާރަ ހަފުތާއެއް
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އައްޑުއަށް ވިއްސާރަ، އެހެން ހިސާބުތަކަށް ހޫނުގަދަ!
ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑުގަދަވާނެ: މެޓް
މުޅި ރާއްޖެއަށް ވިއްސާރަ؛ ކަނޑުތައް ގަދަވާނެ!