Roadha Mihaaru
10 އަހަރު ނުވާ ކާރުތަކަށް ޓެކްސީ ބޯޑު ވިއްކަނީ

10 އަހަރު ނުވާ ކާރުތަކަށް ޓެކްސީ ބޯޑު ވިއްކަން ފަށައިފި

19 މާޗް 2017

އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުވާ ކާރުތަކަށް މާލޭގައި ޓެކްސީ ކުރުމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީން ބޯޑު ވިއްކަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުވާ ކާރުތަކަށް މާލޭގައި ޓެކްސީ ކުރުމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީން ބޯޑު ވިއްކަން ފަށައިފި އެވެ.

އެ އޮތޯރިޓީން ބުނީ މާލޭގައި ޓެކްސީގެ ޚިދުމަތް ދޭ އުޅަނދުތަކުގެ އަދަދު މަދުވުމާ ގުޅިގެން، އެ ޚިދުމަތް ބޭނުންވާ އާއްމުންނަށް އެކަށީގެންވާ ގޮތަށް ޚިދުމަތް ނުލިބޭ ކަމަށެވެ. އެހެންވެ އެކަން ހައްލު ކުރުމުގެ ގޮތުން، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ ކާރުތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.

ޓެކްސީގެ ހުންނަން ޖެހޭ ޝަރުތުތައް

- ޓެކްސީ ކުރާ އުޅަނދުގައި “TAXI” ލިޔެފައިވާ ބޯޑެއް ދިއްލޭ ގޮތަށް ޓެކްސީގެ ކުރިމަތިން ފެންނަން ހުރުން.

- ޓެކްސީ ކުރާ އުޅަނދުގެ އެތެރެ އާއި ބޭރު، އެއްގަމު އުޅަނދު ރޯދްވާދިނަސް ހެދުމުގެ ގަވައިދުގެ މިންގަނޑުތަކަށް ފެތުމާއެކު، އެއާ ކޮންޑިޝަން ކޮށްފައިވުން.

- އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުވާ، ހަތަރު ދޮރުފަތް ލީ، ޖާގައިގެ ގޮތުން ތަނަވަސް ޑިކީ ހުރި ކާރު ކަމުގައިވުން.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނިގޮތުގައި ޓެކްސީ ލައިސަންސް ދޫކުރާނީ އެކަމަށް އެދި އެ އޮތޯރިޓީ އަށް ހުށަހަޅައި 50،000ރ. ގެ ފީއެއް ދެއްކުމުންނެވެ. އަދި ޓެކްސީ ކުރުމުގެ ހުއްދަ ހޯދުމަށް މި މަހުގެ 26 ގެ ކުރިން ހުށަހަޅަން ޖެހޭ ގޮތަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހަމަޖައްސައިފަ އެވެ.