Roadha Mihaaru

ކުޅުދުއްފުށީގެ ކޮންމެ ސްކޫލަށް މިއަހަރު ވެސް ސިޓީ ކައުންސިލުން 100،000ރ. ހަދިޔާކޮށްފި

ހދ. ކުޅުދުއްފުށީގެ ކޮންމެ ސްކޫލަކަށް އެރަށު ސިޓީ ކައުންސިލުން 100،000ރ. މިއަދު ހަދިޔާކޮށްފި އެވެ.

ކުޅުދުއްފުށީ ސްކޫލުތަކަށް ސިޓީ ކައުންސިލުން 100،000ރ.
އާސިމާ ނިޒާރު
އާސިމާ ނިޒާރު

04 ޖޫން 2025

ހދ. ކުޅުދުއްފުށީގެ ކޮންމެ ސްކޫލަކަށް އެރަށު ސިޓީ ކައުންސިލުން 100،000ރ. މިއަދު ހަދިޔާކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ "ސްކޫލު ގްރާންޓް" އަށް ހުޅުވާލި ފުރުސަތުގައި ސްކޫލުތަކުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައި ހިމެނޭ ކަންކަން ހާސިލްކުރަން ކޮންމެ ސްކޫލަކަށް 100،000ރ. ލިބޭނެ ކަމަށެވެ.

ކުޅުދުއްފުށީގައި ހިންގާ ތިން ސްކޫލަކީ؛

- އަފީފުއްދީން ސްކޫލު

- ޖަލާލުއްދީން ސްކޫލު

- ހދ. އަތޮޅު ތައުލީމީ މަރުކަޒު

އެ ގްރާންޓުގެ ދަށުން މިދިޔަ އަހަރު ވެސް ކޮންމެ ސްކޫލަކަށް 100،000ރ. ހަދިޔާކޮށްފައިވެ އެވެ.

ކައުންސިލުން ބުނީ ސްކޫލަށް ހާއްސަކޮށްގެން ގްރާންޓު ތައާރަފްކުރީ އެ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށާއި ވަސީލަތްތައް ތަރައްގީ ކުރުމާއި ދަރިވަރުންގެ ކުރިއެރުމަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުމަށާއި ޕީޓީއޭއިން ސްކޫލުގެ ތަރައްގީއަށް ފަންޑު ހޯދަން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ދިނުމަށް ކަމަށެވެ.