ވިލާ ކުންފުންޏާ ދެކޮޅަށް "ބޮޑު ރާޅެއް ނަގާހެން" އެބަ ހީވާ ކަމަށާއި އެކަމަކު ދުވަހަކު ވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
20 މާޗް 2017
ވިލާ ކުންފުންޏާ ދެކޮޅަށް "ބޮޑު ރާޅެއް ނަގާހެން" އެބަ ހީވާ ކަމަށާއި އެކަމަކު ދުވަހަކު ވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖޭޕީން ކުރިމަތިލި ކެންޑިޑޭޓުން ތައާރަފް ކުރުމަށް މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވަނީ ވިލާ އިން ކުރަމުން އަންނަ ވިޔަފާރިތަކަށް ފިއްތުންތައް ކުރިމަތި ކުރަން ތަފާތު އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންދާ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ. އެ ގޮތުން ބައެއް ކޯޓުތަކުގައި އޮތް މައްސަލަތަކާ ބެހޭ ގޮތުން އޭނާ ވާހަކަ ދެއްކެވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓު އަތުލައި، އެ ތަން ރީޖަނަލް އެއާޕޯޓްސްއާ ސަރުކާރުން ހަވާލުކުރީ ރަނގަޅަކަށް ނޫނެވެ. ސަބަބަކީ، ސިވިލް އޭވިއޭޝަނުން މި މަހުގެ ނިޔަލަށް ވިލާ އަށް ލައިސަންސް ދީފައި އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯޓުން އަޅުގަނޑުމެންނާ އެއްކޮޅަށް އެކަން ނިމުނު، ހައި ކޯޓަށް ދިޔައީމަ، ބޯޅައެއް ދާހެން އެބަދޭ ރާސްލާފައި،" ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ އަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ވިލާ ކުންފުންޏަށް ހުޅުމާލެ އިން ދޫކުރި ބިމެއް ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ދަށު ކޯޓުން ނިންމާފައި ވަނިކޮށް އެފަދަ އިތުރު ބިމެއްގެ މައްސަލަ ވެސް ވިލާއާ ދެކޮޅަށް ހައި ކޯޓުން ހުކުމްކޮށްފައިވާ ކަން ގާސިމް ފާހަގަކުރެއްވި އެވެ. އަދި އިތުރު މައްސަލަތަކެއް ކޯޓުގައި ހިންގުމަށް ތައްޔާރުވެފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑު ރާޅެއް ނަގަނީހެން ހީވަނީ، ވިލާ ޝިޕިން ކޮމްޕެނީގެ ހުރިހާ އެކައުންޓްތަކެއް އަނެއްކާ ފްރީޒް ކުރަން އުޅެނީހެން ހީވަނީ،" ކޯޓުގައި ހިނގަމުން އަންނަ މައްސަލަތަކާ ގުޅޭ ގޮތުން ގާސިމް ވިދާޅުވި އެވެ.
ހުޅުމާލެ އިން ދިން ބިންތަކުގެ އިތުރުން ރިސޯޓް ހެދުމަށް ވިލާ އަށް ދޫކުރި ބައެއް ރަށްތަކާއި ފަޅުތައް ވެސް 2015 ގައި ސަރުކާރުން އަތުލި އެވެ. އެ މައްސަލަތަކުގައި ވިލާއާ އެއްކޮޅަށް ދަށު ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އޭގެ ހުރިހާ މައްސަލައެއް ވެސް ނިމުނީ ވިލާއާ ދެކޮޅަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ކޯޓުތަކުން ކޮންމެ ގޮތަކަށް މައްސަލަތައް ނިންމި ކަމުގައިވިޔަސް، އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެ ކައުންޓްތައް ފްރީޒްކޮށްގެން ވިލާ ކުންފުނީގައި މަސައްކަތް ކުރާ 5000 މުވައްޒަފުންނަށް މުސާރަ ނުދެވޭނެތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އަށް ދޫކޮށްފައިވާ ރަށްތަކުގެ އެގްރިމަންޓްތައް 2015 ގައި ބާތިލުކުރީ ސަރުކާރާ ދެމެދު އޮތް ގުޅުން ގޯސްވެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ހަރަކާތްތައް ހިންގަން ފެށުމުން ކަމަށް ޖުމްހޫރީ ޕާޓީން ތުހުމަތު ކުރެ އެވެ. އެ އެގްރިމަންޓްތައް ބާތިލުކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި 100 މިލިއަނެއްހާ ޑޮލަރު ދެއްކުމަށް ގާސިމްގެ ވިލާ ޝިޕިންއަށް އަންގާފައިވެ އެވެ. އަދި އެ ފައިސާ ނުދެއްކުމުން އެ ކުންފުނީގެ އެކައުންޓްތައް ފްރީޒް ވެސް ކުރި އެވެ.
"ދައުލަތުގެ ބައި ސެންޓުވެސް ވިލާގެ ތިޖޫރިއަށް ނުވަދޭ"
ގާސިމް ވިދާޅުވީ، ފަޅު ވިއްކަނީ ދަތިވެގެން ކަމަށް!
ކާޑެއްދޫ އެއާޕޯޓުގެ ބަދަލު ނުހޯދަން ނިންމައިފި
ގާސިމްގެ ހަޔާތާ ގުޅޭ ފިލްމެއް ހަދަނީ
އެލާގެ ބަދަލުގައި ފެންފުށީ ފަޅު ހޯދަން ގާސިމް އެދިއްޖެ
އެޗްޑީސީން ބިންތަކުގެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް
ވިލާގެ މުވައްޒަފުންނަށް ދެން ލިބޭނީ 1،000ރ.
ޑަބްލިއުއެލްޓީގެ ފައިސާއިން ވިލާގެ ބިލްތަކަށް ނުކެނޑޭނެ
ވިލާއަށް ދިން ރަށްތަކުގެ ހުކުމް ތަންފީޒުކުރަން ފަށައިފި
ފްލައިމީ، އައްޑޫ/ފުވައްމުލަކަށް އަންނަ މަހު އުދެހެނީ