Roadha Mihaaru

ބެލުމެއް ނެތި މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ ބަޖެޓާއި ދަރަނި އިންތިހާ އަށް ބޮޑުކުރުން: ސަލީމް

ރާއްޖޭގެ ބަޖެޓާއި އިގުތިސާދީ ހާލަތާ ނުބައްދަލު ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ ޑިމޮކްރަސީއާއާ އެކު، އެ ބަޔަކު ހިތަށް އެރި އަގެއްގައި ދައުލަތުގެ ބަޖެޓާއި ދަރަނި އިންތިހާ އަށް ބޮޑުކުރުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ރޭ ވިދާޅުވެއްޖެ އެވެ.

ބެލުމެއް ނެތި މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ ގޯސް!

ރާއްޖޭގެ ބަޖެޓާއި އިގުތިސާދީ ހާލަތާ ނުބައްދަލު ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ ޑިމޮކްރަސީއާއާ އެކު، އެ ބަޔަކު ހިތަށް އެރި އަގެއްގައި ދައުލަތުގެ ބަޖެޓާއި ދަރަނި އިންތިހާ އަށް ބޮޑުކުރުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ވިޔަފާރި ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވީ، ހާލަތަށް ނުބަލައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއާ މިއަދު ދިވެހިން ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެ ގޮތަށް ތަނެއް ދޮރެއް ނުބަލައި ކަންކަން ކުރުން ކޮންމެވެސް ހިސާބަކުން ހުއްޓުވަން ޖެހޭ ކަމަށެވެ.

"ކޮންމެވެސް ހިސާބަކުން އެބަޖެހޭ މަޑުޖައްސާލާފައި ގައުމު ހަމަޔަކަށް އަޅުވަން. އަދި މި ބުރަ ރައްޔިތުން ވެސް އުފުލަން ޖެހޭ. މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން މި ބުރަ އުފުލަން ޖެހޭ. އުފުލަން ޖެހެނީ މި ގައުމަށްޓަކައި އަދި ކުރިއަށް އޮތް ތަނަށްޓަކައި. އަޅުގަނޑުމެންގެ ދަރިންނަށްޓަކައި،" ޕީއެންސީގެ އެންމެ ސީނިއާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން މި ސަރުކާރަށް ވެސް ފުރުސަތު އެބައޮތެވެ. އޭގެ ތެރޭގައި ބޭނުން ވަރަކަށް ފައިސާ ޗާޕު ކުރުމާއި ރަށްރަށް ނުއަގުގައި ވިއްކުން އަދި އެކި ތަންތަނުން ލޯނު ނެގުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.---ފޮޓޯ: ޕީއެންސީ

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.---ފޮޓޯ: ޕީއެންސީ

"ފައިސާ ހޯދާނެ ގޮތް އެބަ އެނގޭ ބައިވަރު. އެކަމަކު އެ ގޮތަށް ފައިސާ ހޯދީމާ ނަތީޖާއަކީ ކޮބައިތޯ މިއަދު؟ މިއަދު ނަތީޖާއަކީ މި ހިސާބަށް އަންނަން ޖެހުނީ އެ ގޮތަށް ކަންތައް ކުރުމުގެ ނަތީޖާ،" ސަލީމް ވިދާޅުވި އެވެ.

"ކިތައް ރަށް އެބައޮތްތޯ ފަޅު ރަށް؟ ގަންނާނެ ބައިވަރު މީހުން އެބަތިއްބޭ ކުޑަކުޑަ އަގެއްގައި ވިއްކާލީމާ. އެ ހުރިހާ ރަށެއް މި ފަސް އަހަރު ވިއްކާލީމާ ޑރ. މުއިއްޒު ހަމަ ރީތިކޮށް ހުންނާނެ ހަމަޖެހިލައިގެން، އެއްވެސް ކަހަލަ ފައިސާގެ އުނދަގޫ ކަމެއް ނާންނާނެ، ޑޮލަރުގެ ދަތިކަމެއް ނާންނާނެ. މި ހުރިހާ ފަޅެއް ވެސް ދެން އޮތް ތަނެއް ވެސް އަޅުގަނޑުމެންނަށް ވިއްކާލެވިދާނެ.

ނަމަވެސް ސަލީމް ވިދާޅުވީ، އެއީ ގައުމަށް ޣައްދާރުވުން ކަމަށާއި އެ ކަން ނުކުރައްވާތީ ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރަންޖެހޭ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް މިހާރު ވެސް އެބަ ހިނގަ އެވެ. އެކަމަކު، ވިދާޅުވީ، މަޝްރޫއުތައް ވެސް ހިންގޭނީ އިގުތިސާދީ ހާލަތަށް ބަލައި ވާ ވަރަކުން ކަަމަށެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ކޮންމެ ކުންފުންޏެއް އޮތީ 3-6 ބިލިއަން ރުފިޔާއާ ދެމުގެ އަދަދަކުން ދަރާފައި ކަަމަށެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާ އަށް ދިޔަ އެ ޕާޓީގެ ބައެއް އާންމު މެމްބަރުން.---ފޮޓޯ: ޕީއެންސީ

ޕީއެންސީން ރޭ ބޭއްވި ޖަލްސާ އަށް ދިޔަ އެ ޕާޓީގެ ބައެއް އާންމު މެމްބަރުން.---ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލިހުގެ މާލިޔްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ކުންފުނިތައް އޮތް ހާލަތު އޮތް ގޮތް ބެލުމުގެ ދިރާސާތަކެއް އެ ކޮމިޓީން ހަދަމުން އަންނަ ކަމަށެވެ. އެ ދިރާސާގެ އަލީގައި އޭނާ ވިދާޅުވީ، ބޮޑު އަގުގައި ތަކެތި ގަތުމުންނާއި ބޮޑެތި އަގުތަކުގައި މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލު ކުރުމުގެ ސަބަބުން ހަމައެކަނި ފެނަކައަށް ވެސް އިބޫގެ ވެރިކަމުގައި ހަތަރު ބިލިއަން ރުފިޔާ ގެއްލުން ވެފައިވާ ކަމަށެވެ.

"ގެއްލުންވީކީ ނޫން، ވަގަށް ނެގީ. މި ތަފުސީލުތައް ރައްޔިތުންނަށް އެނގެން ޖެހޭ. މުޅި ހުރިހާ ކުންފުންޏަކަށް ބަލާއިރު ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނިތަކުން 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ހަމަ ސީދާ ވަގަށް ނަގާފައި. މި ދެންނެވީ ބާޒާރުގައި ހުންނަ އަގުތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން 10 ބިލިއަނާ ކައިރިއަށް އެބަހުރި އަޅުގަނޑުމެން މިހާރު މި ކުރާ ދިރާސާތަކުން ގާތްގަނޑަކަށް ލަފާކޮށްފައި ބުނަން އެނގޭ 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ވަގަށް ނަގާފައި،" ސަލީމް ވިދާޅުވި އެވެ.

ކިތައް ރަށް އެބައޮތްތޯ ފަޅު ރަށް؟ ގަންނާނެ ބައިވަރު މީހުން އެބަތިއްބޭ ކުޑަކުޑަ އަގެއްގައި ވިއްކާލީމާ. އެ ހުރިހާ ރަށެއް މި ފަސް އަހަރު ވިއްކާލީމާ ޑރ. މުއިއްޒު ހަމަ ރީތިކޮށް ހުންނާނެ ހަމަޖެހިލައިގެން، އެއްވެސް ކަހަލަ ފައިސާގެ އުނދަގޫ ކަމެއް ނާންނާނެ، ޑޮލަރުގެ ދަތިކަމެއް ނާންނާނެ. މި ހުރިހާ ފަޅެއް ވެސް ދެން އޮތް ތަނެއް ވެސް އަޅުގަނޑުމެންނަށް ވިއްކާލެވިދާނެ،"--- ސަލީމް

ސަލީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީ "ހުރިހާ ކަމެއް ވެސް" ހަމަޖައްސަން ކަމަށާއި ކަންކަން ވެސް ހުރީ ކުރެވޭ ގޮތަށް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ވެރިކަމާ ހަވާލުވެ، ކަންކަން ބެލިއިރު ހާލަތު އޮތީ މާ ގޯސްކޮށް ކަން އެނގުނެވެ.

ސަލީމް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް ހިފަހައްޓާލެވޭނީ ހައެއްކަ މަހަށް ކަމަށާއި އެމްޑީޕީ އަށް ވެރިކަން ނުލިބުނީ "ނަސީބަކުން" ކަމަށް ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ އެ ޕާޓީގެ މެމްބަރުން ފާހަގަ ކުރައްވަމުންދާ ކަމަށެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާ އަށް ދިޔަ އެ ޕާޓީގެ ބައެއް އާންމު މެމްބަރުން.---ފޮޓޯ: ޕީއެންސީ

ޕީއެންސީން ރޭ ބޭއްވި ޖަލްސާ އަށް ދިޔަ އެ ޕާޓީގެ ބައެއް އާންމު މެމްބަރުން.---ފޮޓޯ: ޕީއެންސީ

"އެހެން ނަމަވެސް ރައީސް މުއިއްޒު ގާތްގަނޑަކަށް ދެ އަހަރާ ކައިރި ވަނީ، މިއަދާ ހަމައަށް އެ މަނިކުފާނު އެ ގެންދަވަނީ މި ގައުމަށް ލިބޭ އެއްޗަކުން މާ ބޮޑެތި ދަރަނިތަކެއް ނުނަގައި ހިފަހައްޓަމުން. މުސާރަ ދޭކަށް ނުޖެހޭ ވިޔަފާރިވެރިއެއްގެ ގާތަށް ގޮސްފައި ލާރި ހޯދާކަށް. މުސާރަ ވެސް ބަރާބަރަށް މަހުން މަހަށް ދުވަހުން ދުވަހަށް ދޭ،" ސަލީމް ވިދާޅުވި އެވެ.