މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުގައި އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 11 ދަރިވަރަކަށާއި ހައި އެޗީވާސް ސްކޮލާޝިޕް 87 ދަރިވަރަކަށް ލިބިއްޖެ އެވެ.
23 ޖޫން 2025
މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުގައި އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 11 ދަރިވަރަކަށާއި ހައި އެޗީވާސް ސްކޮލާޝިޕް 87 ދަރިވަރަކަށް ލިބިއްޖެ އެވެ.
މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި 367 ދަރިވަރަކު ހިމެނުނެވެ. އޭގެ ތެރެއިން 17 ދަރިވަރަކު ދެ ވަނަ އަދި 20 ދަރިވަރަކު ތިން ވަނަ ހޯދި އެވެ.
ރައީސްގެ ސްކޮލާޝިޕް 11 ދަރިވަރަކު ހާސިލްކުރީ ފަސް މާއްދާ އިން "އޭ ސްޓާ" ހޯދައިގެންނެވެ. އަދި 87 ދަރިވަރަކު ހައި އެޗީވާސް ސްކޮލާޝިޕް ހޯދީ ފަސް މާއްދާ އިން އޭ ހޯދައިގެންނެވެ.
ރައީސްގެ ސްކޮލާޝިޕަށް ހޮވުނީ ސީއެޗްއެސްއީގެ ހަ ދަރިވަރަކާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރެއްގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރެކެވެ.
ދުނިޔޭގެ ފެންވަރުގައި ރަނގަޅު ނަތީޖާ ހޯދި ދެ ދަރިވަރަކު އެވޯޑް ހިފައިގެން ސްޓޭޖުން ފައިބަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
1. އަލީ ހައިޝަމް (ސީއެޗްއެސްއީ)
2. އަހުމަދު ސަލަފު ހާޝިމް (ސީއެޗްއެސްއީ)
3. އަހުމަދު ޔާސިން އިބްރާހިމް (ޖަލާލުއްދީން ސްކޫލް)
4. އައިޝަތު އީޝަލް އަހުމަދު އަސްލަމް (ސީއެޗްއެސްއީ)
5. އައްޔޫބު ޝަހީބް (ސީއެޗްއެސްއީ)
6. ހައްވާ ޒައިހާ ހަބީބް (އަރަބިއްޔާ ސްކޫލް)
7. ލުބާނާ އަބްދުލް މޫމިން (ބ. އެޓޯލް އެޑިޔުކޭޝަން ސެންޓަރު)
8. މުހައްމަދު ފާހިމް އިބްރާޙިމް (ސީއެޗްއެސްއީ)
9. މުހައްމަދު މަނޫން ފާއިޒު (ބ. އެޓޯލް އެޑިޔުކޭޝަން ސެންޓަރު)
10. މުހައްމަދު ނަބީހް އިބްރާހިމް (ސީއެޗްއެސްއީ)
11. ނުހާ ރިލްވާން (އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް)
އެ ދަރިވަރުންނާ އެވޯޑު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
1 ވަނަ: 11 ދަރިވަރުން
2 ވަނަ: 17 ދަރިވަރުން
3 ވަނަ: 20 ދަރިވަރުން
4 ވަނަ: 31 ދަރިވަރުން
5 ވަނަ: 41 ދަރިވަރުން
6 ވަނަ: 56 ދަރިވަރުން
7 ވަނަ: 51 ދަރިވަރުން
8 ވަނަ: 49 ދަރިވަރުން
9 ވަނަ: 49 ދަރިވަރުން
10 ވަނަ: 42 ދަރިވަރުން
އޯ ލެވެލްގ ގަދަ 10 ގައި ހިމެނުނު ދަރިވަރުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާއެކު ރޭގެ ޖަލްސާގައި--- ފޮޓޯ: ރައީސް އޮފީސް
މިިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދޭން ބޭއްވި ހަފުލާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިދިޔަ އަހަރު ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް އޭ ލެވެލް އިން ފާސްވި އަދަދަށް ބަލާއިރު، އޭގެ ކުރީ އަހަރަށް ވުރެ 106 ދަރިވަރަކު އިތުރުވެފައިވާ ކަމަށެވެ.
އެއީ، ޕަސެންޓޭޖުގެ ގޮތުން ދަށް އަދަދެއް ނަމަވެސް އެ ދަރިވަރުން ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް ފާސް ވެފައިވާ ކަމަށާއި އެއީ މަދު އަދަދެއްގެ ދަރިވަރުން ނޫން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ނަމަވެސް އަދި އެއަށް ވުރެ ވެސް ދަރިވަރުންގެ އަދަދު އިތުރުވާން ޖެހޭކަމަށާއި އެއީ ކުދިންގެ ނަތީޖާ މަތި ކުރުމާއި ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޭ ލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރަން މި ސަރުކާރުން ވަނީ އޯ ލެވެލްގެ ތިން މާއްދާ އިން ނުވަތަ އެއް މާއްދާއިން ފާސްވާ ކުދިންނަށް ވެސް ފުރުސަތު ދޭން ނިންމައިފަ އެވެ. ރާއްޖޭގައި ސްކޫލް ނިމޭ ގްރޭޑަކީ އޭ ލެވެލް ކަމަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ނަމަކީ ޝަހީދު އަލީ
ދަރަނީގައި ތާށިވި ތައުލީމީ ދާއިރާގެ ނަތީޖާ ކިހިނެއް؟
"ރިވެލި" ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި
ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ހުޅުމާލެ2 ގެ އާ ސްކޫލުން ޖާގައަށް އެދި 500 ކުދިން
ސްކޫލް ނިމޭ ގްރޭޑް އޭލެވެލް އަށް މަތިކުރަނީ
އެޑިއުކޭޝަންގެ ސުޕްރިންޓެންޑެންޓަކަށް އިސްމާއިލް ސައުދުﷲ
ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ޓީޗަރުން ލިބުމުގެ ދަތިކަން އަދިވެސް އެބައޮތް:މިނިސްޓަރު
"ނަތީޖާ ރަނގަޅުކުރަން އިންގިލާބީ ބަދަލެއް ގެންނާނެ"