ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވިއިރު، އެ ތަނުގައި ހަރުކޮށްފައި ހުރި އެެއްވެސް ފަޔާ އެލާމެއް ނާޅާކަން އެނގިއްޖެ އެވެ.
23 ޖޫން 2025
ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވިއިރު، އެ ތަނުގައި ހަރުކޮށްފައި ހުރި އެެއްވެސް ފަޔާ އެލާމެއް ނާޅާކަން އެނގިއްޖެ އެވެ.
ވިނަރެސް ފްލެޓް ނުވައެއްގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުގެ އެއްކޮޓަރި އާއި އެ ތަނުގައި ހުރި ހުރިހާ އެއްޗެއް މި ހާދިސާގައި ވަނީ އަނދައިފަ އެވެ. އަދި ސިޓިންރޫމުގެ އޭސީގައި ވެސް ހުޅު ހިފައި އިނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
އެ އަލިފާންގަނޑުގެ ދުމުން މުޅި އެޕާޓްމަންޓުގެ ފާރުތައް ހުރީ ކަޅުވެފަ އެވެ.
އެ ޓަވަރުގެ 12 ވަނަ ފްލޯގައި ދިރިއުޅޭ މީހަކު "މިހާރު" އަށް ބުނި ގޮތުގައި އެހާ ބޮޑަށް އެ ތަނުގައި އަލިފާން ރޯވިޔަސް އިމާރާތުގެ އެއްވެސް ފަޔާ އެލާމެއް މަސައްކަތް ނުކުރެ އެވެ. އަދި ސްމޯކް ޑިޑެކްޓަރަށް ވެސް އެ ސެންސާ ނުކުރެ އެވެ.
އަލިފާން ރޯވެގެން އުޅޭކަން އެ މީހުންނަށް ވެސް އެނގުނީ އެ ޓަވަރުގައި އުޅޭ މީހުންގެ މެދުގައި ހަދާފައި އޮތް ވައިބާ ގްރޫޕެއް މެދުވެރިކޮށެވެ.
"އަޅުގަނޑުމެން ވެސް ނިދާފައި އޮއްވައި ކޮއްކޮ ގުޅާފައި ބުނީ ވައިބާ ގްރޫޕުގައި އެބަ އޮތޭ އެޕާޓްމަންޓަކުން ދުން އަރާ ވާހަކަ،" އޭނާ ކިޔައިދިނެވެ.
"ފަޔާ އެލާމެއް ނާޅާ ސްމޯކް ޑިޑެކްޓަރަކުން ވެސް ނޭނގޭ ކަމެއް ހިނގައިގެން އުޅޭ ކަމެއް ވެސް."
އެ މީހާ ވަނީ މިއަދު އަލިފާންގަނޑު އަވަހަށް ނިއްވާނުލެވުނު ނަމަ އެ ތަނަށް އެ ފެތުރި ނުރައްކާތެރި ބޮޑު ހާދިސާއަކަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއް އަނދާފައި.
ވިނަރެސް ފްލެޓުތަކުގެ ކޮންމެ ފްލޯއެއްގައި ވެސް ފަޔާ އެލާމް ސިސްޓަމާއި ސްމޯކް ޑިޓެކްޓަރު ހަރުކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ހިނގީ މެއިންޓަނެންސް މަސައްކަތަކަށް ފަޔާ އަލާމް ހުރީ އިންއެކްޓިވް ކޮށްފައި ހުއްޓާ ކަމަށާއި އާންމުކޮށް އެ ހުންނަނީ ޖައްސާފައި ކަމަށެވެ.
މަސައްކަތް ނިމުނުހާ އަވަހަކަށް އެލާމް ސިސްޓަމް އެކްޓިވް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާގައި ވިނަރެސްގެ އެ އެޕާޓްމަންޓުގައި ދިރިނޫޅެވޭވަރަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުންޏެވެ އެހެންވެ، އެތަނުގައި އުޅެމުން އައި ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފަ އެވެ.
ހުޅުމާލެ 2 ގައި ފަޔަ ހައިޑްރެންޓް ސިސްޓަމް ބަހައްޓަނީ
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ރޯވެއްޖެެ
ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި ރޯވެ އަނދައިފި
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ވިނަރެސް ފްލެޓު އެކްސެސް ކޮންޓްރޯލް ބޭނުންކުރަން ފަށަނީ
އެޗްޑީސީގެ ކަސްޓަމާ ޑޭޓާތަކެއް ހެކް ކުރި މައްސަލައެއް
ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ވިނަރެސް ފޯމުތައް ބާތިލް
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
"ވިނަރެސްގައި ޕޮއިންޓް އެއްވަރުނަމަ ގުރުއަތުލާނެ"