ކައުންސިލަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
24 ޖޫން 2025
ކައުންސިލަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ފުރަތަމަ ބުރުގައި ތަމްރީންކުރަން ނިންމާފައި ވަނީ 50 ކައުންސިލަރުންނެވެ. މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 17 ގައި ހުޅުވާލީ މާދަމާގެ ނިޔަލަށެވެ.
އެކަމަކު ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ވަނީ ކޯހަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ފިރިހެން ކައުންސިލަރުންނަށް ހުޅުވާލި ކޯހުގައި، ކިޔެވުން ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އޮންލައިންކޮށެވެ. ބަންދު ނޫން ހުރިހާ ދުވަހެއްގެ ރޭގަނޑު 8:30 އިން 10:30 އަށް ކްލާސްތައް އޮންނާނެ އެވެ.
މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ކޯހަށް ހޮވުމުގައި ބަލާނީ ގުރުއާން ފަރިތަކަމާ އެކު ކިޔަން އެނގުމާއި ދިވެހި ބަހާއި އަރަބި ބަހުގެ ކިޔުމުގެ ފަރިތަ ކަމަށެެވެ.
ކައުންސިލަރުންނަށް ހާއްސަ ކޯހެއް ފަށަން ނިންމިއިރު، ޒުވާން ހަތީބުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން އަންނަނީ ޕްރޮގްރާމެއް ހިންގަމުންނެވެ. މިހާތަނަށް 400 އަށް ވުރެ ގިނަ ކުދިން ފުރިހަމަކޮށްފައިވާ އެ ޕްރޮގްރާމަކީ ސްކޫލު ނިންމާފައި ތިބޭ ކުދިންނަށް ހުތުބާ ކިޔުމާއި ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ހަތީބުންނާ އެކު ހާފިޒުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދެ އެވެ. ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުމެވެ. ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
1،400 އަށްވުރެ ގިނަ ކުދިން ގުރުއާން ހިތުދަސްކުރޭ
ހާފިޒުން އެންމެ ގިނައީ އައްޑޫގައި
މޮރޮކޯގެ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު
ގުރުއާން ހިތުދަސްކުރަން ބާރުއަޅަން އެލަވަންސެއް ދެނީ
ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
މެލޭޝިޔާގެ ގުރުއާން މުބާރާތަށް ދެ ބައިވެރިޔަކު ހޯދަނީ
ނަބީހު އަށް ހާއްސަ މަރުހަބާއެއް ނެތް!
ގުރުއާން މުދައްރިސަކު ވެސް އަލަމްގީރާއެކު!
ގުރުއާނާ ބެހޭ މަރުކަޒު ސަލްމާން މިސްކިތަށް ބަދަލުކުރަނީ
ގުރުއާނާ ބެހޭ މަރުކަޒު ވީރާނާވެ، އަޅާނުލާ ޝަކުވާ!