Roadha Mihaaru
ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

18 ޑިސެމްބަރ 2023

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 23 ގައި ފަށަން ނިންމާފައިވާ އެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެން އަންނަމަހުގެ 18 ގެ ނިޔަލަށެވެ.

މުބާރާތުގައި ރަޖިސްޓްރީވެވޭނީ އެ މުބާރާތަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

ގުރުއާނާބެހޭ މަރުކަޒުން ކޮށްފައިވާ އިއުލާނުގައި ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސުކޫލް، ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ ދަރިވަރުންނަށާއި މަރުކަޒުތަކާއި ގުރުއާން ކުލާސްތަކަށް ދީފައިވާ ކަމަށެވެ. އަދި ގުރުއާނާއި ދީނަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތްކުރާ ކްލަބު ޖަމިއްޔާތަކަށް ވެސް އެ ފުރުސަތު ހުލުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކީރިތި ގުރުއާން ކިޔެވުމަށް ލޯބި ޖެއްސުމާއި ގުރުއާން ހިތުދަސް ކުރުމަށް ބާރުއެޅުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތުގައި ހިތުން ކިޔުމާއި ބަލައިގެން ކިޔުމުގެ ބައިން ވަނަތައް ހޮވާނެ އެވެ. އަދި ކޮންމެ ބަޔަކުން ވެސް އެއްވަނަ ބައިވެރިޔަކަށް ރައީސްގެ ހާއްސަ އިނާމެއް ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.