އުރީދޫން އިންތިޒާމު ކޮށްގެން 3،000 އަށް ވުރެ ގިނަ ބައިވެރިންނާ އެކު "އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025" މިއަދު ހަވީރު ފޯރިއާ އެކު ނިންމާލައިފި އެވެ.
އުރީދޫން އިންތިޒާމު ކޮށްގެން 3،000 އަށް ވުރެ ގިނަ ބައިވެރިންނާ އެކު "އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025" މިއަދު ހަވީރު ފޯރިއާ އެކު ނިންމާލައިފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިއަދު ހަވީރު ބޭއްވި އުރީދޫ ފަން ރަންގެ ބައިވެރިން ދުވަން ފަށަން ތައްޔާރު ވެގެން.---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
އައްޑޫ މޭޔަރު އަލީ ނިޒާރާއި އުރީދޫގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެން ބޭއްވި މި ދުވުމަށް އައްޑޫން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ. އައްޑޫގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ އެ ދުވުމަށް ވަރަށް ބޮޑަށް ސަޕޯޓުކޮށް، އެ މީހުންގެ ބައިވެރިވުން އޮތް ކަން ހާމަކުރި އެވެ. ހާއްސަކޮށް ވަރަށް ގިނަ ކުޑަކުދިން މި ދުވުމުގައި ބައިވެރި ކުރި އެވެ.
އުރީދޫން ބުނީ، މިއީ "އެންމެ އުފާވެރި ދުވުން" ކަމަށާއި އެ ދުވުމާ އެކު އައްޑު އަށް ބޮޑު އީދެއް މިއަދު އައި ކަމަށެވެ.
އައްޑޫގެ މޭޔަރު ނިޒާރާއި ޑެޕިއުޓީ މޭޔަރު ޝުއާދު އާއި އުރީދޫގެ އެމްޑީ ހާލިދު އަލީ ހަމާދީ އަދި އެ ކުންފުނީގެ ސީއޯއޯ ހުސައިން ނިޔާޒާއި ހެޑް އޮފް ކަސްޓަމާ ކެއާ ދިޔާނާ އަފީފު މިއަދުގެ ދުވުން ފެށުމުގެ ކުރިން ސެލްފީއެއް ނަންގަވަނީ.---ފޮޓޯ: އުރީދޫ
އައްޑޫ މަރަދޫން ފެށިގެން މި ދުވުން ކުރިއަށް ގެންދިޔައިރު، ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުގެ ހަރަކާތްތަކުން އެ ދުވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން ކަމަށް އުރީދޫން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިއަދު ހަވީރު ބޭއްވި އުރީދޫ ފަން ރަންގެ ބައިވެރިން.---ފޮޓޯ: އުރީދޫ
"ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާ ނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ،" އުރީދޫން ބުންޏެވެ.
ފަން ރަން ނިންމާލި ކޮންމެ ދުވުންތެރިއަކަށް ހާއްސަ މެޑަލްއެއް އުރީދޫން ދިނެވެ. އެއީ އައްޑު އަށް ހާއްސަ ދޫންޏެއް ކަމަށް ބަލަމުން އަންނަ "ދޮންދީނި" ރަމްޒު ކޮށްދޭ ގޮތަށް ތައްޔާރު ކޮށްފައިވާ މެޑަލްއެކެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި މިއަދު ހަވީރު ބޭއްވި އުރީދޫ ފަން ރަންގެ ބައިވެރިން: ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މި ދުވުމުން ފެނުނު.---ފޮޓޯ: އުރީދޫ
"އުރީދޫ މޯލްޑިވްސްއިން އައްޑޫ ސިޓީގެ މޭޔަރަށާއި އަޅުގަނޑުމެންގެ ހުރިހާ ޕާޓްނަރުންނާއި އިހުލާސްތެރި މުވައްޒަފުންނަށާއި މި ހަރަކާތް ހަގީގަތަކަށް ހެދުމަށް ޓަކައި އެއްބާރުލުން ދެއްވި ވޮލަންޓިއަރުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރަމެވެ،" އުރީދޫން ބުންޏެވެ.
އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބާރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ފަރާތުން އައްޑޫގެ މޭޔަރު ނިޒާރަށް "އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025" ގެ ހަނދާނީ ހަދިޔާއެއް އަރުވަނީ.---ފޮޓޯ: އުރީދޫ
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މަޖާ އަދި ވަރަށް ބޮޑަށް ފޯރި ނެގި މި ހަރަކާތްތަކުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
އައްޑޫގައި ބާއްވާ "ފަން ރަން"ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
އައްޑޫގެ އިސްރަށްވެހިންނަށް އުރީދޫގެ ރޯދަ ވީއްލުން
އުރީދޫގެ ހެލްތު ކިޓު އައްޑޫގެ ސިއްހީ މަރުކަޒުތަކަށް
ހިތަދޫގެ އުރީދޫ ލައުންޖާއި އޯއީސީ އަޕްގުރޭޑު ކޮށްފި
އުރީދޫގެ ޑިޖިޓަލް ސެންޓަރުތައް އައްޑު އާއި ލ. އަށް
އުރީދޫ ކަލަ ރަން: އައްޑޫން ބޮޑު ތަރުހީބެއް
ކަލަ ރަން: އައްޑޫ އަށް ފޯރިގަދަ ހަފުތާ ބަންދެއް
އުރީދޫ ކަލަ ރަން ގައި ބައިވެރިވުމަށް ހުޅުވާލައިފި
އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް އައްޑު އަށް
"ޑިޖިޓަލް ރާއްޖެއަކަށް އިންވެސްޓަރުންނަށް އެހީވާނަން"