މި އަހަރުގެ ކުރީކޮޅު އުރީދޫން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ދޭން ނިންމި ހެލްތު ކިޓު، އައްޑޫގެ ސިއްހީ މަރުކަޒުތަކާ އިއްޔެ ހަވާލުކޮށްފި އެވެ.
25 އޯގަސްޓް 2022
މި އަހަރުގެ ކުރީކޮޅު އުރީދޫން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ދޭން ނިންމި ހެލްތު ކިޓު، އައްޑޫގެ ސިއްހީ މަރުކަޒުތަކާ އިއްޔެ ހަވާލުކޮށްފި އެވެ.
އައްޑޫ ފޭދޫ، މަރަދޫ، ހުޅުމީދޫ އަދި މަރަދޫފޭދޫ ގައި ހުންނަ ސިއްހީ މަރުކަޒުތަކަށް އެ ކިޓު ރަސްމީކޮށް ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.
ސްޓެތެސްކޯޕާއި ޑިޖިޓަލް ސްފިގްމާނޯމީޓަރާއި ޕަލްސް އޮކްސިމީޓަރާއި އޮޓޮސްކޯޕާއި ޑިޖިޓަލް ތާމޯމީޓަރާއި ނެބިއުލައިޒަ މެޝިން ފަދަ ސިއްހީ ފަރުވާ އަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނޭ އެ ކިޓު 167 ސިއްހީ މަރުކަޒާއި ހެލްތު ޕޯސްޓަކަށް ހަދިޔާކުރަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.
އުރީދޫން ބުނިގޮތުގައި، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދާ އެ ކަމަކީ ދުޅަހެޔޮ ސިއްހަތެއްގައި ރާއްޖެ ދެމެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހަދިޔާކުރާ ތަކެއްޗެވެ.
ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓު ހަދިޔާކުރަން އުރީދޫން ނިންމީ، އެ ކުންފުނީގެ ސީއީއޯ ހާލިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މި އަހަރުގެ މާޗު މަހު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.
އުރީދޫން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ބޭނުންވާ ސާމާނު ކުރިން ވެސް ހަދިޔާކޮށްފަ އެވެ. އެ ކުންފުނިން ވަނީ 2018 ވަނަ އަހަރު އޮކްސިޖަން ސިލިންޑަރާއި އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް ވެސް ހެލްތު މިނިސްޓްރީ އަށް ހަދިޔާކޮށްފަ އެވެ.
އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟
އައްޑޫ ވޯޓު: ވޯޓުލާން ނުކުތީ 47 ޕަސެންޓް މީހުން
ވަކިވާން ފޭދޫ ދެކޮޅު، ހުޅުދޫ-މީދޫ ބޭނުމީ ވަކިވާން
ވޯޓުލުން ނިމެނީ، 64 ޕަސެންޓު ވެސް ވޯޓުނުލާ
ވަކިވާން ފޭދޫ ދެކޮޅު، ހުޅުދޫ/ މީދޫ ބޭނުމީ ވަކިވާން!
އައްޑޫގެ ވޯޓު:ކެމްޕެއިން މިއަދުގެ ހަވީރު 6އާ ހަމައަށް
ސިޓީ ކައުންސިލުން ވަކިވެ، ފޭދުއަށް އޮތް މޮޅަކީ ކޮބާ؟
ވަގުތީ ނަތީޖާ އެ ފޮއްޓެއްގެ ކައިރީގައި އިއުލާން ކުރާނެ
"ވަަކިވަކި ކައުންސިލްތަކާ އެކު ވަކިން ގްރާންޓު ލިބޭނެ"
ނަޝީދުގެ ހައްލަކީ ބިދޭސީންނާއެކު އައްޑޫއާބާދީ މަތިކުރުން