އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސާޖިކަލް ސާމާނު ހަވާލުކޮށްފި އެވެ.
17 މެއި 2023
އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސާޖިކަލް ސާމާނު ހަވާލުކޮށްފި އެވެ.
މިއަދު ވަނީ 15 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ ސާމާނު ހަދިޔާ ކޮށްފަ އެވެ. އެއީ ސިއްހީ ހިދުމަތްދޭ 132 މަރުކަޒަށެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތްތެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު މައްސަލަ ކަމަށްވާ ސާޖަރީއަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި ހަލާކުވެފައިވާ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ،
"މިހާރު ފެސިލިޓީތަކުގައި ހުރި މިފަދަ ގިނަ ތަކެއްޗަކީ މީގެ 13 އަހަރު ކުރިން ފޮނުވިފައިވާ ތަކެތި. މިހެން ވުމުން ގިނަ ތަކެތި ވަނީ ވަރަށް ބޮޑަށް ބާވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ސާޖަރީ ސާމާނު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ --- ފޮޓޯ/ހެލްތް މިނިސްޓްރީ
"އަޅުގަނޑު އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ސިއްހީ ހިދުމަތްތެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ މިފަދަ ކަންކަމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިވާ ވާހަކަ."
މިއީ އެކަން ހައްލު ކުރުމަށާއި އެފަދަ ތަންތަނުންދޭ ހިދުމަތް ރަނގަޅު ކުރުމަށް ކުރެވުނު މުހިންމު ކަމެއް ކަމަށް ނަސީމް ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީން މިއަދު ރަށްރަށަށް ހަދިޔާކުރި ބައެއް ސާމާނު --- ފޮޓޯ/ހެލްތް މިނިސްޓްރީ
ސާޖިކަލް އިންސްޓްރޫމަންޓް ހަދިޔާކުރި 15 ތަން:
1. ހއ. އަތޮޅު ހޮސްޕިޓަލް
2. ށ. އަތޮޅު ހޮސްޕިޓަލް
3. ނ. އަތޮޅު ހޮސްޕިޓަލް
4. ބ. އަތޮޅު ހޮސްޕިޓަލް
5. ޅ. އަތޮޅު ހޮސްޕިޓަލް
6. ކ. ތުލުސްދޫ ހޮސްޕިޓަލް
7. އއ. އަތޮޅު ހޮސްޕިޓަލް
8. އދ. އަތޮޅު ހޮސްޕިޓަލް
9. ވ. އަތޮޅު ހޮސްޕިޓަލް
10. މ. މުލީ ރީޖަނަލް ހޮސްޕިޓަލް
11. ފ. އަތޮޅު ހޮސްޕިޓަލް
12. ދ. އަތޮޅު ހޮސްޕިޓަލް
13. ތ. އަތޮޅު ހޮސްޕިޓަލް
14. ގއ. އަތޮޅު ހޮސްޕިޓަލް
15. ފުވައްމުލައް ސިޓީގެ ހޮސްޕިޓަލް
ހެލްތް މިނިސްޓްރީން މިއަދު ރަށްރަށަށް ހަދިޔާކުރި ސާޖަރީ ކުރުމަށް ބޭނުންކުރާ ބައެއް ސާމާނު.-- ފޮޓޯ: މިނިސްޓްރީ
މިނިސްޓްރީން ބުނީ އެ ތަކެތި ހަވާލުކޮށްފައި ވަނީ އެ ތަނެއް ދަރަޖަ ކުރެވިފައިވާ މިންގަނޑަށާއި އެ ތަނެއްގެ ކޭސް ލޯޑަށް ބަލައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެއްވެސް މައްސަލަ އެއް ނެތި މެނޭޖް ކުރެވޭނެ މިންވަރަށް ކަމަށެވެ.
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
އުނގޫފާރު ހޮސްޕިޓަލުގެ އުއްމީދުތަކާ ގުޅިފައިވާ އާ އިމާރާތް!
މިލަންދޫ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަނީ
10 ހޮސްޕިޓަލަކަށް ތަރައްގީ، އަގަކީ 800 މިލިއަން
ބަދަލުތަކާ އެކު 10 ހޮސްޕިޓަލެއްގެ ފެންވަރު މަތިކުރަނީ
ސިއްހީ މަރުކަޒުތަކުގައި ޕްރައިވެޓް ރޫމްތައް ހަދަނީ
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި
ދެމައިން މަރުވި މައްސަލާގައި އިހުތިޖާޖުކޮށްފި
ރާއްޖެ އިން ބޭރަށް އާސަންދަ ފުޅާކުރުމުގެ ބަހުސް