Roadha Mihaaru
އެލާގެ މައްސަލަ ވިލާ ކުންފުންޏާ ދެކޮޅަށް ނިންމައިފި

އެލާގެ މައްސަލަ ވިލާ ކުންފުންޏާ ދެކޮޅަށް ހައި ކޯޓުން ނިންމައިފި

21 މާޗް 2017

ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ތ. އެލާ ދައުލަތަށް ނެތީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ތ. އެލާ ދައުލަތަށް ނެތީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާ އެއްކޮށް ދަށު ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި ބުނެފައި ވަނީ ވިލާ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ހަދާފައިވާ "އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް ލީޒް އެގްރިމެންޓް" ބާތިލުކޮށްފައި ވަނީ ޑިސެމްބަރު 12، 2013 ގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރީމެންޓް އުވާލުން އަސްލަކަށް ބަލައިގެން ކަމަށެވެ. ސެޓްލްމަންޓް އެގްރީމަންޓާ އެއް ހަމަޔަކުން އަނެއް އެއްބަސްވުމާ މެދު އަމަލު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ވިލާއަށް ދޫކުރި ފަސް ރަށެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ދައްކަން މީރާއިން ކުރިން އަންގާފައި ވާއިރު، މި ފަސް ރަށުގެ ތެރޭގައި އެލާ ވެސް ހިމެނެ އެވެ.

ހައި ކޯޓުން މިއަދު ހުކުމް ކުރީ އެލާ ދައުލަތަށް ނަގަން އެންގި އެންގުން ބާތިލް ކަމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކަމަށެވެ.