ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ދެ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި މީހުންނަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިދިޔަ މަހު އެހީގެ ގޮތުގައި 7.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ބުނެފި އެވެ.
01 ޖުލައި 2025
ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ދެ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި މީހުންނަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިދިޔަ މަހު އެހީގެ ގޮތުގައި 7.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ބުނެފި އެވެ.
ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން އާސަންދައިގެ ބޭރުން ބޭނުންވާ އެހީތެރިކަން ހަމަޖައްސައިދޭ އިދާރާ ކަމަށްވާ އެންސްޕާ އިން ހާމަކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 190 މީހަކަށް އެހީ ދީފައިވެ އެވެ. އެ މީހުންނަށް ޖުމްލަ ހަރަދަކީ 3.2 މިލިއަން ރުފިޔާ އެވެ.
އެ ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންގެ ތެރެއިން އެންމެ ގިނަ އެހީ ދީފައިވަނީ ވަނީ ހިތުގެ ބަލިތަކުގެ މީހުންނަށެވެ. ހިތުގެ ބަލީގެ 14 މީހަކަށް 994،871ރ. އެންސްޕާއިން ހަމަޖައްސައިދީފައިވެ އެވެ.
އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކުރި މީހުންގެ ތެރެއިން އެހީ ދިން މީހުންގެ ތެރޭގައި އެންމެ ގިނައީ ކަށީގެ ބަލިތަކާއި ވިހެއުމާ ގުޅޭ ކޭސްތަކެވެ. އެއިން ކޮންމެ ކަމަކާ ގުޅޭ 27 ކޭސް ހިމެނެ އެވެ. ގޭސްޓްރޯއިންޓެސްޓިނަލް 18 ކޭސް އާއި އެ މައްސަލަ ދެ ވަނަ އަށް އޮތް އިރު ތިން ވަނައަށް އެންމެ ގިނައީ ނޭވާލާ ނިޒާމުގެ ކޭސްތަކެވެ. އެއީ 16 އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި 334 މީހަކަށް 4.1 މިލިއަން ރުފިޔާގެ އެހީ ދީފައި ވާއިރު އޭގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކަށީގެ ބަލިތަކުގެ މީހުންނަށެވެ. ޓްރީ ޓޮޕްގައި ކަށީގެ ބަލިތަކަށް ފަރުވާ ހޯދި 53 މީހަކަށް 1،221،484ރ. އެންސްޕާއިން ވަނީ ހަމަޖައްސައިދީފަ އެވެ.
އެހީތެރިކަން ހަމަޖައްސައިދިން ބަލިތަކުގެ މީހުންނަށް ބަލާއިރު ޓްރީ ޓޮޕްގައި އެންމެ ގިނަ ބަޔަކަށް އެހީ ދީފައިވަނީ ވިހައިގެން އެޑްމިޓްކުރި މީހުންނަށެވެ. ވިހެއުމާ ގުޅޭ 64 ކޭސް އެއް ހިމެނޭ އިރު ދެ ވަނަ އަށް އެންމެ ގިނައީ ކަށީގެ ބަލިތަކުގެ ކޭސްތަކެވެ. އެއީ 53 އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނައީ ގޭސްޓްރޯއިންޓެސްޓިނަލްގެ ކޭސްތަކެވެ. އެއީ 40 އެވެ.
ބަލި މީހުންނަށް އެންސްޕާއިން މިދިޔަ މަހު މިހާ ބޮޑު ހޭދައެއްކޮށްފައި ވާއިރު އާސަންދައިން މި އަހަރުގެ ފުރަތަމަ ފަސް މަސް ތެރޭ 950 މިލިއަނަށް ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ވަނީ ކޮށްފަ އެވެ. އާސަންދައަށް މުޅި މި އަހަރުގެ ބަޖެޓަކީ 1.8 ބިލިއަން ރުފިޔާ އެވެ.
އަގުތައް ބޮޑުކުރުމުގެ ވިސްނުމެއް އަދި ނެތް: ޓްރީ ޓޮޕް
މޯލްޑިވްސް މެޑިކަލް އެކްސްޕޯ މި މަހުގެ 18 ގައި
"ބޭހުގެ މައްސަލަ ހައްލުނުވަނީ ގަވައިދު އޮތްގޮތުން"
ކުއްލި ފަރުވާއާ ބެހޭ ދުވަހުގެ ފެއާގައި ޓްރީ ޓޮޕް
ހެލްތީ ކިޑްސް ފޯ ދަ ފިއުޗާގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް
ކުޑަހުވަދޫގެ ހެލްތު ކޭމްޕަށް 400 މީހުން ދެއްކި
ޓްރީޓޮޕް އިން ކުޑަހުވަދޫގައި ހެލްތު ކޭމްޕެއް ބާއްވަނީ
ޓްރީޓޮޕް ހޮސްޕިޓަލްގައި ހިތުގެ އާ ޕްރޮސީޖާއެއް ހަދައިފި
އަހަރުގެ ފުރަތަމަ "ނާޗާ" ޕްރޮގްރާމް ބާއްވައިފި
ބޭހަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން ފަށައިފި