ފިޓް ޖެހިގެން ދަނޑު މައްޗަށް އިއްޔެ ވެއްޓުނު ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
30 ނޮވެމްބަރ 2025
ފިޓް ޖެހިގެން ދަނޑު މައްޗަށް އިއްޔެ ވެއްޓުނު ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށް އިއްޔެ ހަވީރު އޮޑި ސްޕޯޓްސްއިން ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ހޮކޭ ފިޓް ޖެހުމުން، ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު އޭނާ ގެންދިޔައީ ހޮސްޕިޓަލަށެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ މެޗުގެ 66 ވަނަ މިނެޓްގައި ސެންޓަ ސާކަލްތެރެއިން ބޯޅައިގައި ބޮލުން ޖަހަން ހޮކޭ މައްޗަށް ފުންމައިގެންފައި އެރި ގޮތަށް ދަނޑުމައްޗަށް ވެއްޓުނެވެ. އޭނާ އަށް ފަރުވާދޭން އޮޑި އާއި ޓީސީގެ މެޑިކަލް އޮފިޝަލުންގެ އިތުރުން ގައުމީ ޓީމުގެ ފިޒީޝާން ހިޝާމް ޒަކީ ވެސް ދަނޑަށް އެރި އެވެ.
އިއްޔެ ތިން ފަހަރަށް ހޮކޭ ފިޓް ޖެހުނެވެ.
"ފުރަތަމަ ފިޓް އެ ޖެހުނީ ދަނޑުމަތީގައި. ދެވަނަ ފަހަރަށް ފިޓް ޖެހުނީ ހޮސްޕިޓަލަށް ގެނައި މަގުމަތީގައި. އަނެއްކާ ހޮސްޕިޓަލަށް ގެނައި ފަހުން ޖެހުނު. ޖުމުލަ ތިން ފަހަރަށް ފިޓް ޖެހިފަ ވަނީ،" އޮޑީގެ އޮފިޝަލް އަލީ ޝިފާޒު ބުންޏެވެ.
ގާތްގަނޑަކަށް ހަ ގަޑިއިރު ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ދިނުމަށް ފަހު ހޮކޭ ހޮސްޕިޓަލުން ދޫކޮށްލީ އެމްއާރްއައި ސްކޭންއިން "ނޯމަލް ކަމަށް" ކަމަށް ޝިފާޒް ބުންޏެވެ.
"އެމްއާރްއައިން ނޯމަލްކަމަށް ދައްކަނީ. ހޮސްޕިޓަލުން ދޫކޮށްލައިފި،" އޭނާ ބުންޏެވެ.
ކުރިން ނޭވާހިއްލުމުގެ އުނދަގޫ ވެސް ތަހައްމަލު ކުރާ ހޮކޭ ފުރަތަމަ ޑިވިޝަނުގައި ކުޅެން އެނބުރި އައީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
ކުޑައިރުން ފެށިގެން އާސްތުމާ ބަލި ތަހަމަލުކުރަން ޖެހުނު ހޮކޭ ދަނޑުމައްޗަށް ކުއްލިއަކަށް ވެއްޓި މީގެ ކުރިން ވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހިފައި ވެއެވެ.
ނޭޕާލްގައި 2012 ގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި ވެސް ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުނު ހޮކޭ އަށް ހޮސްޕިޓަލްގައި ފަރުވާން ދޭން ޖެހިފައިވެ އެވެ. އޭގެ ކުރިން އޭނާ ވަނީ މެޗުގެ ހަމައެކަނި ލަނޑު ރާއްޖެ އަށް ކާމިޔާބު ކޮށްދީފަ އެވެ. އެ ލަނޑުން ރާއްޖޭން މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.
ޖޫން 2016 ގައި އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް ބުރުގައި މާލޭގައި ޔަމާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި ވެސް ހޮކޭ އަށް ނޭވާލާން އުނދަގޫވެ ދަނޑުމައްޗަށް ވެއްޓުމުން، އޭޑީކޭ ހޮސްޕިޓަލަށް އޭނާ ގެންގޮސް ފަރުވާ ދޭން ޖެހުނެވެ.
ސިއްހީ އެ އުދަގޫތަކާ އެކު ފުޓްބޯޅަ ކުޅެން ހުއްޓާލަން ނިންމިކަން ވެސް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އިއުލާން ކުރި އެވެ. ފަހުން އެ ނިންމުން ބަދަލުކޮށް އޭނާ ވަނީ އެންމެ ފަހުގެ ދެވަނަ ޑިވިޝަން މުބާރާތުން ފެށިގެން އަލުން ކުޅެން ފަށައިފަ އެވެ. ދެވަނަ ޑިވިޝަން މުބާރާތް އޮޑިން ކާމިޔާބު ކުރީ ހޮކޭގެ ކެޕްޓަންކަމުގެ ދަށުންނެވެ.
ފިޓްޖެހިގެން ވެއްޓުނު ހޮކޭއަށް އޭޑީކޭގައި ފަރުވާ ދެނީ
ނިއު މޮޅުވާން އޮޑިން ފުރުސަތެއް ނުދިން
ބުރާ ވާދަކޮށް އޮޑި އަލުން މޮޅުވުމުގެ ރޭހަށް!
އީގަލްސްއާ ޖެހި އޮޑީގެ ދުވެލި މަޑުޖެހިއްޖެ
އޮޑިން އެއްވަނައިގައި ދަމަހައްޓައި ލީގު ބްރޭކަށް!
ލީގުގެ ކުޅުމުގެ ފެންވަރަށް ދެ ކޯޗުންގެ ތައުރީފު
ތަފާތު ބޮޑު މޮޅަކުން އޮޑި އެއްވަނަ އަށް!
ދެ ހޮސްޕިޓަލަށް އެންސްޕާއިން މިދިޔަ މަހު 7 މިލިއަން
މާޒިޔާއަށް ތިން ލައްކަ ރުފިޔާ، އޮޑިއަށް 150،000
އޭޑީކޭގައި އިންޓާން ހަދަން 14،500ރ. ދައްކަންޖެހޭ