ހުޅުމާލެ 2 ގައި އިމާރާތް ކުރަމުންދާ އާ ސްކޫލް ކަމަށްވާ ޝަހީދު އަލީ ސްކޫލުން 500 އަށް ވުރެ ގިނަ ކުދިންގެ ޖާގައަށް މިހާތަނަށް އެދިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
03 ޖުލައި 2025
ހުޅުމާލެ 2 ގައި އިމާރާތް ކުރަމުންދާ އާ ސްކޫލް ކަމަށްވާ ޝަހީދު އަލީ ސްކޫލުން 500 އަށް ވުރެ ގިނަ ކުދިންގެ ޖާގައަށް މިހާތަނަށް އެދިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މާލެ ސަރަހައްދުގެ އެކި ސްކޫލްތަކުގައި ކިޔަވަމުންދާ ކުދިންނަށް އެ ސްކޫލުން ޖާގައަށް ހުޅުވާލީ މިދިޔަ މަހު އެވެ. އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ ފޭސް 2 ގައި ދިރިއުޅޭ ދަރިވަރުންގެ ތެރެއިން 800 އަށްވުރެ ގިނަ ކުދިން ހުޅުމާލެ ފޭސް 1 އަދި މާލޭގެ ސްކޫލުތަކުގައި ކިޔަވަމުންދާ ކަމަށެވެ.
އެ ދަރިވަރުންގެ ތެރެއިން އާ ސްކޫލަށް 525 ކުދިން ބަދަލުކުރަން މިހާތަނަށް ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
ހުޅުމާލެ 2 ގައި އަލަށް އަޅާ ސްކޫލު: އެ ސްކޫލަށް ދީފައިވާ ނަމަކީ ޝަހީދު އަލީ ސްކޫލު.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މުޅި ރާއްޖޭގައި ވެސް އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ހުޅުމާލެ 2 ގައި މިހާރު އިމާރާތް ކުރަމުން އަންނަ އާ ސްކޫލުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހަށް ނިމި އަދި އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގްރޭޑް 1-10 އާ ހަމައަށް ކިޔަވައިދޭނެ އެ ސްކޫލަކީ އެއްދަންފަޅި އަށް 1،500 ކުދިންނަށް ކިޔަވައިދޭ ސްކޫލެކެވެ. ނަމަވެސް މިނިސްޓްރީން ނިންމާފައިވަނީ އާ ސްކޫލުން ޖާގަ ބޭނުންވާ ކުދިން ގިނަ ނަމަ ދެ ދަންފަޅި އަށް ބަދަލު ކުރުމަށެވެ. އެއީ ވީހާ ވެސް ގިނަ ކުދިންނަށް ފަސޭހަކޮށް، އެ ކުއްޖެއްގެ ގެއާ ކައިރި ސްކޫލަކަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.
ހުޅުމާލެ 2 ގައި އަލަށް އަޅާ ސްކޫލުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމާއި އޮޑިޓޯރިއަމް އަދި ލައިބްރަރީ އާއި 20 ކުދިންގެ ޖާގައިގެން ތިން ލިފްޓު ވެސް ހުންނާނެ އެވެ.
މިހާރު ހުޅުމާލެ 2 ގައި ހުރިހާ ގްރޭޑެއްގައި ކިޔަވައިދެނީ ހަމައެކަނި ސަލާހުއްދީން ސްކޫލުގަ އެވެ.
ހުޅުމާލެ އަށް މިހާރު ވެސް އިތުރު ހަތް ސްކޫލް ބޭނުންވާ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ނަމަކީ ޝަހީދު އަލީ
ހުޅުމާލެ 2ގެ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދެނީ
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ޖާގަ ހުޅުވާލައިފި
ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރަނީ
ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ
ސްކޫލުތަކަށް ޓީޗަރުންނާއި ފޮތްތައް ހަމަވާނެ: މިނިސްޓަރު
18 ރަށެއްގެ ސްކޫލްގެ މަސައްކަތް ތިން ކުންފުންޏަކަށް
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ