ފެނުގެ ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި، އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު 217 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
06 ޖުލައި 2025
ފެނުގެ ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި، އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު 217 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އެއީ އޭގެ ކުރީ އަހަރަށް ވުރެ 103 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ 90 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ވި އަހަރެވެ.
އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު ވަނީ 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާ އިރު 100 މިލިއަން ރުފިޔާގެ އިތުރު އަދަދެވެ. ކުންފުނީގެ ފައިދާ އެހާ ބޮޑަށް އިތުރުވީ، ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްގެންނެވެ. އާމްދަނީ އިތުރު ކުރުމަށް ސީދާ ގޮތުން ކުރާ ހަރަދުތައް ވަނީ އެއް ބިލިއަން ރުފިޔާ އިން 935 މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އަދި ހިންގުމުގެ އެހެން ބައެއް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްފައިވެ އެވެ.
ދަރަނި އަދާކުރުމަށް އެމްޑަބްލިއުއެސްސީން 62 މިލިއަން ރުފިޔާ މިދިޔަ އަހަރު ހޭދަކޮށްފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ވެސް 15 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްޑަބްލިއުއެއްސީއަކީ 1،200 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވާއިރު، އެ ކުންފުނީގެ ގާތްގަނޑަކަށް 16 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންނަށެވެ.
ސަން ފްރަންޓަށް ބަދަލުގެ ގޮތުގައި ދިނީ ދެގުނަ ބޮޑުކޮށް
ފުވައްމުލަކު ފެނުގެ މައްސަލަ: އޮޑިޓުގައި އެތައް ކަމެއް
"ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
ވެށި ހިމާޔަތްކުރާ ފަންޑު ބަލަހައްޓާގޮތުން ސުވާލު އުފެދޭ
ގޯސްކޮށް މީހުން ވަކިކުރާނަމަ ފިޔަވަޅު އަޅަންޖެހޭ:އޮޑިޓް
މުވައްޒަފުން ނަގަން އިއުލާނެއް، އިންޓަވިއު ވެސް ނެތް!
ފެނަކައިގެ ޒިންމާ ފިނޭންސާއި ޕީސީބީން ނަގަންޖެހޭ!
ސެންޓާ އެންޓަޕްރައިސަސްގެ މައްސަލަ ޕޮލިހަށް
މަތީ ތައުލީމުގެ ލޯނުގެ 187 މިލިއަން ނުލިބި އެބަހުރި
މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލާ ހަވާލުކުރަން ދެކޮޅު