މެލޭޝިއާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ އަތުން ޓެކްސްއެއް ނަގަން ނިންމާފައިވާތީ، އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ލޯނުގެ ތެރެއަށް އެ ފައިސާ އިތުރުކޮށްދޭނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
10 ޖުލައި 2025
މެލޭޝިއާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ އަތުން ޓެކްސްއެއް ނަގަން ނިންމާފައިވާތީ، އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ލޯނުގެ ތެރެއަށް އެ ފައިސާ އިތުރުކޮށްދޭނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މެލޭޝިއާގެ އަމިއްލަ ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ޕްރީސްކޫލް އަދި ތައުލީމު ދޭ ތަންތަނުގައި ކިޔަވާ އެހެން ގައުމުތަކުގެ ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށް ވުރެ އަގުބޮޑު ކޯސް ފީއެއް ދައްކަން ޖެހޭ ދަރިވަރުންގެ އަތުން ހަ ޕަސެންޓުގެ ޓެކްސްއެއް ނަގަން ވަނީ ފަށައިފަ އެވެ.
އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިހާރު ދީފައިވާ ސްކޮލާޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވާ ދަރިވަރުން ކިޔަވާ ތަނަކުން ފޮނުވާ އިންވޮއިސްގައި ޓެކްސް ފައިސާ ހިމެނުމުން މިހާރު ވެސް ފައިސާ ދައްކަމުންދާ ގޮތަށް އެ ފައިސާ ހަމަޖައްސައިދޭނެ ކަމަށެވެ.
އޭގެ އިތުރުން ސްޓޫޑެންޓް ލޯނުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީ އަށް ޓެކްސްގެ ގޮތުގައި އިތުރުވާ ފައިސާ، އެކަމަށް އެދޭ ދަރިވަރުން ފޯމު ފުރުމަށްފަހު ހުށަހެޅުމުން ލޯނުގެ ފައިސާގެ ތެރެއަށް އެ ބައި އިތުރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރިން ވަނީ މެލޭޝިޔާގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ކޯސް ފީ އާއި ޓެކްސް ފައިސާ މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ފޮނުއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
މެލޭޝިއާއިން 2015 ވަނަ އަހަރު އެކުލަވާލި އެޑިއުކޭޝަން ތަރައްގީ ކުރުމުގެ ގައުމީ ޕްލޭންގެ ދަށުން، މި އަހަރުގެ ނިޔަލަށް ބޭރުގެ 250،000 ދަރިވަރުންނަށް އެ ގައުމުގައި ކިޔެވުމުގެ ފުރުސަތު ދިނުމުގެ އަމާޒެއް ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް އާ ޓެކްސްގެ ސަބަބުން އެ އަމާޒަށް ވާސިލްވާން ދަތިވާނެ ކަމަށް އެ ގައުމުގެ ތަޖުރިބާކާރުން ވިދާޅުވެ، ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މެލޭޝިއާގައި ކިޔަވާ ކުދިންނަށް ޓެކްސް ފައިސާ ދެނީ
މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕް
މެލޭޝިޔާގެ ސްކޮލާޝިޕްތަކަށް ހުޅުވާލައިފި
އަލިފާނުގައި ގެއްލުންވި ދެ ދަރިވަރަކަށް ސްކޯލާޝިޕް ދީފި
އަގުހެޔޮކޮށް މެޑިިސިން ކިޔަވައިދޭން އެއްބަސްވެއްޖެ
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ
މެލޭޝިއާއަށް މީގެ ކުރިން ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް
ޓެކްސްއެޕީލް ޓްރައިބިއުނަލަށް 5 ބޭފުޅަކަށް ރުހުންދީދި
މެލޭޝިއާގައި ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ
އެކައުންޓިން ދާއިރާގެ ބޮޑު ދެ ފޯރަމެއް ރާއްޖޭގައި