Roadha Mihaaru
އަލިފާނުގައި ގެއްލުންވި ދެ ދަރިވަރަކަށް ސްކޯލާޝިޕް ދީފި

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދެ ދަރިވަރެއްގެ ކިޔެވުމުގެ ޚަރަދު ސަރުކާރުން

04 ނޮވެމްބަރ 2019

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި މީހުންގެ ތެރޭގައި ހިމެނޭ ދެ ދަރިވަރެއްގެ މަތީ ތައުލީމު ނިންމުމަށް ސަރުކާރުން ސްކޮލަޝިޕެއް ދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި މީހުންގެ ތެރޭގައި ހިމެނޭ ދެ ދަރިވަރެއްގެ މަތީ ތައުލީމު ނިންމުމަށް ސަރުކާރުން ސްކޮލަޝިޕެއް ދީފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ސްކޮލާޝިޕް ދިން ދެ ދަރިވަރުންގެ ތެރެއިން އެކަކަކީ މެލޭޝިއާގެ މޮނާޝް ޔުނިވާސިޓީ ގައި އާޓްސް އިން އޮނާސް ޑިގްރީއެއް ފުރިހަމަ ކުރާ ދަރިވަރެއް ކަމަށެވެ. އަނެއް ދަރިވަރު ކިޔަވަނީ ވެސްޓްމިންސްޓާ އިންޓަނޭޝަނަލް ކޮލެޖުގަ އެވެ. އޭނާ ފުރިހަމަ ކުރަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް އެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ދެ ސްކޮލާޝިޕް އެ ދަރިވަރުންގެ ބެލެނިވެރިންނާ ހަވާލުކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

އަބަދަށް ފެހި މަގުގައި ހުރި ކެމިކަލް ގުދަންތަކުގައި ރޯވި އަލިފާނުގެ ހާދިސާގައި ގެއްލުންވި، އެ ދެ ދަރިވަރުންނަށް ސަރުކާރުން ސްކޮލަޝިޕެއް ދިން އިރު ވަނީ، ހާލުގައި ޖެހިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ ގައި ރަޖިސްޓަރީ ވެފަ އެވެ.

އެ ދެ ދަރިވަރުންނަށް ދިން ސްކޯލާޝިޕްގެ ދަށުން އެ މީހުންގެ ކޯސް ފީ އާއި މެލޭޝިޔާގައި ދިރިއުޅުމުގެ ހަރަދާއި ކިޔަވާ ނިމުމުން ރާއްޖެ އަނބުރާ އަންނަން މަތިންދާބޯޓު ޓިކެޓަށް ހަރަދު ކުރާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. މި ސްކޮލާޝިޕްގެ ދަށުން މިނިސްޓްރީ ކުރާ ހަރަދު އަނބުރާ ދައްކާކަށް ނުޖެހޭނެ އެވެ.

އަލިފާނުގެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުންނަށް ގެއްލުންވެ، އެކަކު ވަނީ މަރުވެފަ އެވެ.