ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން 28 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
13 ޖުލައި 2025
ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން 28 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މއ. ހިތްތަލަވިލާ، އަހްމަދު ނަޒްމީން އެވެ.
އޭނާ ތަހުގީގަށް 15 ދުވަހަށް ބަންދުކުރަން ކޯޓުން ނެރުނު އަމުރުގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ނަޒްމީން ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އަދި އެ ތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ސާމާނު ވެސް ފެނުނު ކަމަށެވެ.
ފުލުހުން ބުނީ 214 ގުރާމުގެ ޑްރަގާއި ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ 1 ފުޅި އެތަނުން ފެނުނު ކަމަށެވެ.
އެ ކޮޓަރި ހުޅުވީ ނަޒްމީން ގެންގުޅުނު ތަޅުދަނޑިއަކުން ކަމަށާއި އެ ކޮޓަރިން އޭނާގެ އައިޑީ ކާޑާއި ޕާސްޕޯޓާއި ވިސާ ޑެބިޓް ކާޑު ވެސް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ.
ބަންދުގެ މަޖިލީހުގައި ނަޒްމީން ވަނީ އެ މައްސަލާގައި އޭނާގެ މައްޗަށް ކުރާ ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނީ ޑްރަގް ފެނުނު ކޮޓަރީގައި އޭނާ ނޫން އިތުރު މީހުން ވެސް ދިރިއުޅޭ ކަމަށާއި އެ ތަނުގައި ޑްރަގް ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ.
މަސްތުވާތަކެތި ފެނުނު ތަނާއި ނަޒްމީންއާ ގުޅުމެއް ނެތް ކަމަށް ވެސް ދިފާއުގައި ބުނެފައިވެ އެވެ.
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ޑްރަގު ދައުވާއަކަށް އިއުތިރާފުވުމުން 12 އަހަރަށްޖަލަށް
އެޕާޓްމަންޓުން ފެނުނު ޑްރަގާ ހަވާލުވީ ފައެނާގެ ފިރިމީހާ
ފައެނާ ޝަރުތުތަކާއެކު، ދޫކޮށްލައި ފިރިމީހާ ބަންދު
ޕްރެޒެންޓަރު އިނާޔަތު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
ފައިސާއަށް ޑްރަގް އެތެރެކުރާ މީހަކު އުމުރަށް ޖަލަށް
އަނގައިގެ ތެރޭ ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގްގެ ބޮޑުން ބައިގަރުނަށް ޖަލަށް، ބޮޑު ޖޫރިމަނާ!
130 ކިލޯ ޑްރަގް މައްސަލާގައި ހިމެނޭ ޝަހީބް ނުފެނުނު