މިއަދު ހެނދުނު މާލެ ސަރަހައްދަށް ކުރި ވިއްސާރާގައި، ވައިގަދަވެ ހުޅުމާލެ ފޭސް 2ގައި ހުރި ބަސް ސްޓޭންޑަކާއި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއް ވެއްޓި، ގެއްލުންތަކެއް ލިބިއްޖެ އެވެ.
18 ޖުލައި 2025
މިއަދު ހެނދުނު މާލެ ސަރަހައްދަށް ކުރި ވިއްސާރާގައި، ވައިގަދަވެ ހުޅުމާލެ ފޭސް 2ގައި ހުރި ބަސް ސްޓޭންޑަކާއި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއް ވެއްޓި، ގެއްލުންތަކެއް ލިބިއްޖެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފަތިހުން ފެށިގެން ހެނދުނާއެކު ހުޅުމާލެއަށް އައި ވިލާގަނޑުގައި 52 މޭލު ބާރުމިނުގައި ވައި ޖެހުނު ކަމަށެވެ.
މޫސުން ގޯސް ކޮންމެ ދުވަހަކު ވެސް ހިޔާ ޓަވަރުތައް ކައިރީގައި ޕާކުކޮށްފައި ހުންނަ ސައިކަލުތައް ގަދަ ވަޔާ އެކު ވެއްޓުމާއި އެ ސަރަހައްދުގައި ހުންނަ ކުނިބުނިތައް މުޅި ސަރަހައްދަށް ބުރައިގެން ދިޔުމަކީ އާންމު ކަމެކެވެ.
ހިޔާ ސަރަހައްދުގައި ޕާކު ކޮށްފައި ބަހައްޓާފައި ހުރި ބަސް ސްޓޭންޑެއް ވަޔާއެކު އެއްލާލާފައި.-- ފޮޓޯ: ޒަމްޒަމް ފާރިޝް/ ފޭސްބުކް
މިއަދު ވައި ޖެހުނު ވަގުތު ވަނީ ހިޔާ 16 ވަނަ ޓަވަރުގައި ބަހައްޓާފައި ހުރި ބަސް ސްޓޭންޑެއް ވެސް އެއްލާލައިފަ އެވެ.
އޭގެ އިތުރުން ފޭސް 1ގެ ފިތުރޯނު ގަހެއް މުލުން ލުހިގެން ވަނީ ވެއްޓިފަ އެވެ. އަދި އިތުރު ގަހެއްގެ އޮފިގަނޑެއް ވެއްޓި ސައިކަލުތަކަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި--- ފޮޓޯ؛ މިހާރު
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވަނީ އުތުރާއި މެދުރާއްޖެ ތެރެއަށެވެ.
ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
ކޮޅިގަނޑު ގަދަވެ، ކުރިއަށް އޮތީ ވިއްސާރަ 24ގަޑިއިރު
މި ވިއްސާރައިގެ އަސަރު ހަފުތާއެއްހާ ދުވަހަށް ކުރާނެ
ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރާނެ
ހިޔާ/ވިނަރެސް އަށް ދޫކުރި ލޯނު އިންޓްރެސްޓް ކުޑަކުރަނީ
ވިއްސާރަ އަލިވިޔަސް ހަފުތާ ބަންދުގައި ކަނޑުގަދަވާނެ
ހޯމަދުވަހާ ހަމައަށް ވިއްސާރަ އަލިވާނެ ކަމަށް ނުބެލެވޭ
ކަނޑުތައް ގަދަވާނެ، ސަމާލުވާން އިލްތިމާސްކޮށްފި
މި ފެށުނީ ވަރަށް ވިއްސާރަ ހަފުތާއެއް
ކޭތަ ހިފާ ވަގުތު މާލެއަށް އުޑުމަތި ސާފު
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި