ސެޕްޓެމްބަރު މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އެ ގައުމުގެ ރައީސް އެމެނުއެލް މެކްރޮން އިއުލާނުކުރައްވައިފި އެވެ.
ސެޕްޓެމްބަރު މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އެ ގައުމުގެ ރައީސް އެމެނުއެލް މެކްރޮން އިއުލާނުކުރައްވައިފި އެވެ.
"މެދުއިރުމަތީގައި އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ފަލަސްތީނުގެ ދައުލަތް ފްރާންސުން ބަލައިގަތުމަށް އަޅުގަނޑު ނިންމައިފިން. ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގައި އެކަން ރަސްމީކޮށް އިއުލާނު ކުރާނަން،" އެކްސް އަދި އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ފްރާންސްގެ ލީޑަރު ވިދާޅުވި އެވެ.
އޭއެފްޕީގެ ހިސާބުތައް ދައްކާ ގޮތުން ފްރާންސާ އެކު މިހާރު 142 ގައުމަކުން ދައުލަތެއްގެ ދަރަޖާގައި މިހާރު ފަލަސްތީނު ބަލައިގަނެ އެވެ.
ފްރާންސް ވާނީ ޔޫރަޕުގެ ބާރުތަކުގެ ތެރެއިން ފަލަސްތީނު ބަލައިގަތް އެންމެ މުހިންމު ގައުމަށެވެ. ޣައްޒާގެ ހަމަލާތައް ފެށުނު ފަހުން ޔޫރަޕިއަން ޔުނިއަންގެ އެހެން ބައެއް ގައުމުތަކުން ވެސް ފަލަސްތީނު ބަލައިގެންފައި ވިޔަސް ފްރާންސަކީ އެންމެ ބޮޑަށް ކުރިއަރާފައިވާ އިގްތިސާދުތައް ހިމެނޭ ޖީ7 ގެ ގައުމުތަކުގެ ތެރެއިން ފަލަސްތީނު ބަލައިގަތް ފުރަތަމަ ގައުމެވެ.
"މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނެސް އާންމުން ސަލާމަތްކުރުމަށް،" މެކްރޮން ވިދާޅުވި އެވެ.
"އޭގެ ފަހުން އަޅުގަނޑުމެން ފަލަސްތީނުގެ ދައުލަތެއް ބިނާކޮށް އެ ދައުލަތަށް ބާރުވެރިކަން ހޯދައިދީ، ހަތިޔާރު ބެހެއްޓުމާ އެކު އިޒްރޭލު ވެސް ބަލައިގަނެ މެދުއިރުމަތީގެ ދާއިމީ ސުލްހަޔަކަށް މަގު ފަހިކުރާނީ."
ފްރާންސްގެ މި ނިންމުމާ އެކު ސައޫދީ އަރަބިއްޔާ އާއި ގަލްފުގެ އެކި ގައުމުތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެކަމަކު އެމެރިކާ އާއި އިޒްރޭލުން މިކަމާ ދެކޮޅު ހަދައި ކުރިން ވެސް ބުނަމުން އަންނަނީ މި ނިންމުމުން ފައިދާވާނީ ހަމާސް އަށް ކަމަށެވެ.
ހަމާސް ނައްތައިލަށް އިޒްރޭލަށް 10 އަހަރު ބޭނުންވާނެ
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
"ޓްރަމްޕަށް ނޮބެލް ލިބޭނީ ޣައްޒާ ހަމަލާ ހުއްޓުވުމުން"
ޔޫކޭގެ ކެބިނެޓުން ފަލަސްތީނުގެ ދައުލަތަށް ތާއީދު!
ފްރާންސްގައި ފަލަސްތީނު ދައުލަތް ހެދިދާނެ: ހަކަބީ
އިޒްރޭލަށް ޔޫކޭ، ކެނެޑާ އަދި ފްރާންސުން އިންޒާރު ދީފި
ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ
ފްރާންސްގެ ސަރުކާރު ވެއްޓި ދާނެކަމުގެ ބިރު
ފްރާންސްގެ ރައީސާއި ގަތަރު އަމީރުގެ ޖާފަތަށް އެމްބާޕޭ
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް