މިހާރު ކުރިއަށްދާ ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ބަންދަށް ހާއްސަ ކޮށްގެން އައިކެއާ އޮޕްޓިކަލްސް އިން ހާއްސަ ދެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
30 ޖުލައި 2025
މިހާރު ކުރިއަށްދާ ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ބަންދަށް ހާއްސަ ކޮށްގެން އައިކެއާ އޮޕްޓިކަލްސް އިން ހާއްސަ ދެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އައިކެއާއިން ފެށި ދެ ޕްރޮމޯޝަނަކީ އައިނުގެ ދުނިގަނޑުން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ޑިސްކައުންޓު ވައުޗަރުތަކެއް ލިބޭ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަނުގައި، 1،500ރ. އަށް ވިއްކާ ދުނިގަނޑުން 500ރ. ގެ ޑިސްކައންޓު، 3،000ރ. ގެ ދުނިގަނޑުން 1،000ރ. ގެ ޑިސްކައުންޓު އަދި 4،500ރ. ގެ ދުނިގަނޑުން 1،500ރ. ގެ ޑިސްކައުންޓު ލިބޭނެ އެވެ.
އައިކެއާ އިން ބުނީ، މިއީ ސްޓައިލިޝް، ރީތި އައިނެއް ހެޔޮ އަގުގައި ހެއްދުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. އައިކެއާގެ ހުރިހާ ފިހާރަތކެއްގައި އަންނަ އޮގަސްޓު 16 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ އެވެ.
އައިކެއާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ޑިސްކައުންޓު ވައުޗަރު ދޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އައިކެއާގެ ހުރިހާ ސޯޝަލް މީޑިއާ ޕޭޖުތައް ފޮލޯކޮށްގެންނެވެ. އަދި މި ޕްރޮމޯޝަނަށް ހާއްސަކޮށް ކޮންމެ ދެ ދުވަހަކުން އެއް ދުވަހު އެ ފިހާރަ އިން ކުރާ ޕޯސްޓުގައި ހިމެނޭ ކީވޯޑަށް ކޮމެންޓު ކުރުމުން 20 ޕަސެންޓުގެ ޑިސްކައުންޓު ވައުޗަރެއް ލިބޭނެ އެވެ. މިއީ އަވި އައިނުން ޑިސްކައުންޓު ލިބޭ ވައުޗަރެކެވެ. އަވި އައިނު ގަތުމަށް ފަހު، މި ވައުޗަރު ދެއްކުމުން ޑިސްކައުންޓު ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އޮގަސްޓު 9 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ އަޕްޑޭޓުތަކާއި ޕްރޮމޯޝަން ޕޯސްޓުތައް އައިކެއާގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖުގައި ހުންނާނެ އެވެ.
އައިކެއާއިން އެކި މުނާސަބަތުތަކާ ގުޅުވައި މިފަދަ ތަފާތު ޕްރޮމޯޝަންތައް އަންނަނީ ހިންގަމުންނެވެ. އައިކެއާގެ ފިހާރަތައް މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ހުރެ އެވެ.
އައިކެއާއިން ރޯދަ އުމްރާ ދަތުރެއް ދެނީ!
އައިކެއާގެ ވޯލްޑް ސައިޓް ޑޭގެ ހަރަކާތް މާދަމާ
ކުރެހުމުގެ މުބާރާތުގެ މުއްދަތު އައިކެއާއިން އިތުރުކޮށްފި
ފެނުމުގެ ދުވަހަށް އައިކެއާގެ ކުރެހުމުގެ މުބާރާތެއް!
އައިކެއާ އޮޕްޓިކަލްސް އިން މެލޭޝިއާ ދަތުރެއް ދެނީ!
ދަރިފުޅަށް އައިނު ހެއްދުމުގައި ވިސްނަންވީ ކަންތައްތައް
"ސަނީ ސަޓަޑޭ" ޕްރޮމޯޝަން އަންނަ ހޮނިހިރު ދުވަހު
އައިކެއާއިން އަހަރީ ދުވަހަށް ހާއްސަ އޮފާތަކެއް
ލޮލުގެ ފަރުވާތައް ދިނުމުގައި އައިކެއާ ދެވަނައެއް ނެތް!
އައިކެއާ ސުކޫކު: ދެވަނަ ފަހަރަށް ފައިދާ ބަހައިފި