އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް މިއަދު އިއުލާނުކުރައްވައިފި އެވެ.
އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް މިއަދު އިއުލާނުކުރައްވައިފި އެވެ.
"އިޒްރޭލާއި ފަލަސްތީނަށް ދާއިމީކޮށް ދައުލަތެއްގެ ދަރަޖަ ނުލިބޭ ނަމަ ސުލްހަޔަކީ ވަގުތީ ކަމަކަށް ނޫނީ ނުވާނެ،" ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑުވަޒީރު ވިދާޅުވި އެވެ. "އޮސްޓްރޭލިއާއިން ފަލަސްތީނު ރައްޔިތުންގެ ހައްގު ކަމަށްވާ އެ މީހުންގެ އަމިއްލަ ދައުލަތެއް ބަލައިގަންނާނަން."
މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތައް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާ މައްސަލަ ބޮޑުވެފައި ވާއިރު ފްރާންސާއި އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ އެތައް ގައުމުތަކުން ވަނީ ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދޭން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.
އަލްބާނީޒް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފަލަސްތީނުގެ އެއްވެސް ދައުލަތެއްގައި ހަމާސްގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމުގެ ޔަގީންކަން ފަލަސްތީން އޮތޯރިޓީން ދީފައިވާ ކަމަށެވެ.
"މިއީ ފުރުސަތެއް އޮތް ވަގުތެއް. އޮސްޓްރޭލިއާއިން ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން އެ ފުރުސަތުގެ ބޭނުން ހިފާނެ،" އޭނާ ވިދާޅުވި އެވެ.
ޔޫރަޕްގެ ބާރުގަދަ ބައެއް ގައުމުތަކުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކޮށްފައި ވާއިރު އދ.ގެ 193 މެންބަރުންގެ ތެރެއިން 147 ގައުމަކުން ފަލަސްތީނުގެ ދައުލަތް މިހާރު ގަބޫލުކުރެ އެވެ.
ޣައްޒާގައި އިޒްރޭލުން ހަމަލާދޭތާ ދެ އަހަރު ވާން ގާތް ވެފައި ވާއިރު ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 60،000 އިން މައްޗަށް ވަނީ އަރައިފަ އެވެ. އަދި ޣައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ ކުޑަކުދިންނާއި މީހުން ގިނަ އެތަނުގެ ހާލަތާ މެދު އޮތް ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އަދި މިހާރު އިޒްރޭލުން ވަނީ ޣައްޒާ އެއްކޮށް ހިފުމުގެ ޕްލޭނެއް ވެސް އިއުލާނުކޮށްފަ އެވެ.
އޮސްޓްރޭލިއާ އާއި ކެނެޑާ ވެސް ފަލަސްތީނު ބަލައިގެންފި
"ހުޅަނގު ގުދުސަކީ އިޒްރޭލުގެ ވެރިރަށެއް ނޫން"
ހަމާސްއާ ދެކޮޅު ގޭންގު ލީޑަރު މަރާލައިފި: ރިޕޯޓް
އިޒްރޭލާއި ހަމާސް އެއްބަސްވުމުން ކުރިއަށްދާނެ: ގަތަރު
އިޒްރޭލުގެ އިސް ޖެނެރަލުންތަކެއް މަގާމުން ވަކިކޮށްފި
އިޒްރޭލުން ޣައްޒާގައި 27 މީހަކު ޝަހީދުކޮށްލައިފި
ޓްރަމްޕްގެ ޣައްޒާގެ ޕްލޭން ފާސްވުމުން އިޒްރޭލު އުފަލުން
ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ޣައްޒާގެ ޕްލޭނަށް ސަލާމަތީ މަޖިލީހުން ވޯޓު ނަގަނީ
އިޒްރޭލު ނޫން ހުރިހާ ގައުމަކާ ގުޅުން އޮންނާނެ: ރައީސް