ލ. ކައްދޫގައި ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްފި އެވެ.
16 އޯގަސްޓް 2025
ލ. ކައްދޫގައި ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްފި އެވެ.
އުމުރުން ދުވަސްވީ އަންހެނަކު މަރުވި އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރީ ލ. ފޮނަދޫ، ހޯރަ ވިލާ، މުހައްމަދު ނައުސާން، 37، ކަމަށް ފުލުހުން މިއަދު "މިހާރު" އަށް ބުންޏެވެ.
އެއީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާ އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް މިއަދު ދީފައިވާ ކަމަށެވެ.
ރޭ 7:30 ވާން އުޅެނިކޮށް އެ އެކްސިޑެންޓް ހިނގީ ކައްދޫ އެއާޕޯޓު ކައިރިން ކަފިހިހުރަހަކުން މަގުހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. ފިރިހެނަކު ދުއްވި އެ ސައިކަލު ޖެހުނީ އެ ވަގުތު ކަފިހިހުރަސް މަތިން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ އަންހެނަކާއި އޭނާގެ މާމަ ދަރިއެއްގެ ގައިގަ އެވެ.
ލ. މާވަށު، އެތުމާ، މަރްޔަމް މޫސާ، 64، ނިޔާވީ އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގަ އެވެ.
އެ ހާދިސާގައި އޭނާގެ މާމަ ދަރިފުޅަށާއި ސައިކަލު ދުއްވި މީހާ އާއި އެ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަަށް ވެސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދިނެވެ.
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
ލ. ލިންކުގެ އެކްސިޑެންޓެއްގައި ދެމީހެއްގެ ފައި ބިނދި، ބޯފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް!
ލ.ގަމު އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ
"މަރުގެ މަގަކަށް" ވުމުގެ ކުރިން ފިޔަވަޅު އަޅާ!
އަނިޔާވުމުން ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ކާރުގައި
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
15 އަހަރު ކުރީ އެކްސިޑެންޓެއްގެ ދައުވާއިން ސަލާމަތް
އެކްސިޑެންޓަކާ ހެދި ބަދަލު ހޯދަންކުރި ދައުވާ ނާކާމިޔާބު
ދުންޖަހާ މީހުން ޖޫރިމަނާކޮށް ވެހިކަލް ވެސް އަތުލަންވީ!