Roadha Mihaaru
ލ.ގަމު އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

ލާމު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނަކު މަރުވެއްޖެ

21 ނޮވެމްބަރ 2018

ލ. އަތޮޅު ލިންކް ރޯޑުގައި މި މަހުގެ ފަސް ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނާ އަށް ފަރުވާ ދެމުން އަންނަނިކޮށް އައިޖީއެމްއެޗުގައި މިއަދު މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. އަތޮޅު ލިންކް ރޯޑުގައި މި މަހުގެ ފަސް ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނާ އަށް ފަރުވާ ދެމުން އަންނަނިކޮށް އައިޖީއެމްއެޗުގައި މިއަދު މަރުވެއްޖެ އެވެ.

އެ އެކްސިޑެންޓުގައި ޒަހަމްވި އުމުރުން 18 އަހަރުގެ ފިރިހެންމީހާ އަށް ފުރަތަމަ ފަރުވާ ދިނީ ލ. އަތޮޅު ހޮސްޕިޓަލުންނެވެ. ނަމަވެސް އިތުރު ފަރުވާއަށް އޭގެ އަނެއް ދުވަހު މާލެ ގެނެސް އައިޖީއެމްއެޗުން ފަރުވާ ދީފައި ވެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާއަށް ފަރުވާ ދެމުން އަންނަނިކޮށް، މިއަދު މެންދުރު 2:30 ހާއިރު މަރުވެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނުދެ އެވެ.

އެކްސިޑެންޓު ހިނގީ، ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. މަރުވި ޒުވާނާ އިނީ އެ ސައިކަލްގެ ފަހަތުގަ އެވެ.

މީގެ ދެ އަހަރު ކުރިން ފެށިގެން އާއްމުން ބޭނުންކުރަމުން އަންނަ ލާމު ލިންކް ރޯޑުގައި ގިނަ އެކްސިޑެންޓުތަކެއް ހިނގާފައި ވެ އެވެ.