ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އިތުރުފުޅު ހެއްދެވި ކަމަށް ފާހަގަކުރެވޭތީ އޭނާއާ ދެކޮޅަށް އިދިކޮޅު މެމްބަރަކު އިމްތިޔާޒުގެ މައްސަލައެއް މަޖިލިހަށް މިއަދު ވައްދައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އިތުރުފުޅު ހެއްދެވި ކަމަށް ފާހަގަކުރެވޭތީ އޭނާއާ ދެކޮޅަށް އިދިކޮޅު މެމްބަރަކު އިމްތިޔާޒުގެ މައްސަލައެއް މަޖިލިހަށް މިއަދު ވައްދައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް، މިނިސްޓަރު ހަލީލްއާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް މަޖިލިހަށް ވެއްދީ މިދިޔަ ހަފުތާގެ ބުދަ ދުވަހު މަޖިލިހުގެ ތަޅުމުގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަން ފާހަގަވުމުންނެވެ.
"އިންޑިއާ އައުޓް" ކެމްޕެއިންގައި "އިންޑިއާ އައުޓް" ޓީޝާޓެއް ލައްވައިގެން ހަލީލް އެ ދުވަސްވަރު ހުންނެވިންތޯ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލުގެ ޖަވާބުގައި ހަލީލް ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ، ސޯޝަލް މީޑިއާގެ އެއްވެސް ފޮޓޯއަކުން އޭނާ އެ ގޮތަށް ނުފެންނާނެ ކަމަށެވެ.
"ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައެއް ނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓައެއް،" ހަލީލް ވިދާޅުވި އެވެ.
އެކަމަކު، ހަލީލް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުން ހުރި ޓީޝާޓެއް ލައްވައިގެން އޭނާ ހުންނަވަނިކޮށް ފެނިފައި އޮވެދާނެ ކަމަށެވެ.
"އަޅުގަނޑު އެކަމަށް ފަހުރުވެރިވަން. މިނިވަންކަމުގެ ދިފާއުގައި އަޅުގަނޑު ފަހުރުވެރިވާ ކަމެއް އެއީ. އެހެންވީމާ އެކަން ފެނިވަޑައިގަންނަވާނެ. އަބަދުވެސް އަޅުގަނޑު ގަބޫލު ކުރަނީ އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އޮންނަން ވާނީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށް،" ހަލީލް ވިދާޅުވި އެވެ.
ނަމަވެސް ހަލީލްއާ ދެކޮޅަށް މީކާއިލް މަޖިލިހަށް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގެ ލިޔުމުގައި ވަނީ މާސްކެއް އަޅުއްވައިގެން "އިންޑިއާ އައުޓް" ޖެހި ޓީޝާޓެއް ލައްވައިގެން ހަލީލް ހުންނެވި ފޮޓޯއެއް ހިމަނުއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ޙާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ކަނޑައެޅިގެން އިތުރުފުޅު ހައްދަވާފާވާތީ، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމުގެ މައްސަލައެއް ހުށަހަޅައިިފިން. pic.twitter.com/xIOjvzHxLt
— Meekail Naseem (@MickailNaseem) August 18, 2025
މީކާއިލްގެ ހުށަހެޅުމުގައި ވިދާޅުވެފައިވާ ގޮތުގައި އެއީ ކޮވިޑްގެ ދުވަސްވަރުގެ ފޮޓޯއެކެވެ.
އެހެންވެ، މީކާއިލް ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ހަލީލް ވަނީ އިތުރުފުޅު ހައްދަވާފައި ކަމަށެވެ.
އެމްޑީޕީގެ ދުވަސްވަރު އޭރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން އިސްވެ "އިންޑިއާ އައުޓް" ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި ބުނެފައި ވަނީ މެމްބަރަކަށް ކުރިމަތިވާ އިމްތިޔާޒުގެ މައްސަލައެއް މަޖިލިހުގެ ޖަލްސާއަކަށް ހުށަހަޅައިފި ނަމަ މަޖިލިސް ވަކި ވަގުތަކަށް ނިންމުމަށް ކަނޑައަޅާފައިވާ ކަނޑައެޅުުމަށް އިސްކަން ދިނުން ނޫން އެހެން ހުރިހާ ކަމެއްގެ މައްޗަށް އިމްތިޔާޒުގެ މައްސަލަ އެ ޖަލްސާގައި އިސްވާނެ ކަމަށެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގައި މީކާއިލްގެ އިމްތިޔާޒުގެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ.
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"
މެންބަރުން އިތުރުނުކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްފި
އެމްޑީޕީގެ ވައުދުތައް ބަޖެޓަށް ލާން ތައްޔާރު: ޕީޕީއެމް
އެމްޑީޕީގެ މަޖިލިސް މެމްބަރުން ރަސްމާލެއަށް!
މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާތީ އިދިކޮޅުގެ ސިޓީއެއް
އެމްޑީޕީގެ ޖަވާބަކީ އިސްލާހުތައް އަނބުރާ ގެންދިއުން
"ކައުންސިލަރުންނަށް ޖެހޭނީ މުސާރަ ނަގައިގެން ތިބެން"
"މަރުކަޒީވިސްނުމުގެ ހިތިނަތީޖާ ފެންނާނީ ރައްޔިތުންނަށް"
ލާމަރުކަޒީ ގާނޫނުގެ އިސްލާހުތައް ނަގަން ގޮވާލައިފި
ހިޔާލު ހޯދުމުގެ ވޯޓުގެ ބިލަކީ ފަހަތަށް އެޅޭ ފިޔަވަޅެއް