އާސަންދައިން އިންސިއުލިން ކަވަރު ނުކުރާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
19 އޯގަސްޓް 2025
އާސަންދައިން އިންސިއުލިން ކަވަރު ނުކުރާ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ހަކުރު ބަލި ހުންނަ މީހުންގެ ލޭގައި ހަކުރުގެ މިންވަރު އެކަށީގެންވާ ވަރެއްގައި ބަހައްޓަންޖަހާ އިންޖެކްޝަނެއް ކަމަށްވާ އިންސިއުލިން އާސަންދައިގެ ދަށުން ނުދޭން އެއްވެސް އިރަކު ނިންމާފައި ނުވާ ކަމަށް ވެސް އާސަންދައިން ބުންޏެވެ.
"ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތުތައް ސިޔާސީ ބޭނުމަކަށް ނުފެތުރުމަށް އިލްތިމާސްކުރަމެވެ." އާސަންދައިން ކުރި ޕޯސްޓުގައިވެ އެވެ.
އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރާ ބަލިތަކުގެ ތެރޭގައި ހަކުރު ބަލި ހިމެނެ އެވެ. ހަކުރު ބައްޔަށް 2021 ވަނަ އަހަރު 101 މިލިއަން ރުފިޔާ، ޖެހިގެން އައި 2022 ވަނަ އަހަރު 152.9 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރު 164.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމަޔަށް ބަލާއިރު، ފަސް އަހަރު ތެރޭ ހަކުރު ބައްޔަށް 517 މިލިއަން ރުފިޔާ އާސަންދައިން ހޭދަކޮށްފައިވެ އެވެ.
މި އަހަރުގެ މެއި މަހުގެ ނިޔަލަށް، ފަސް މަސް ތެރޭ އާސަންދަ ބަޖެޓުގެ 50 ޕަސެންޓް ވަނީ ހޭދަވެފަ އެވެ. މި އަހަރަށް އާސަންދައަށް ދައުލަތުގެ ބަޖެޓުން 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު މެއި މަހުގެ ނިޔަލަށް އާސަންދަ އަށް 950 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ .
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
އާސަންދައިން މެޑިކަލް ޗެކަޕް ހެދޭނެ ގޮތަށް ބަދަލުކުރަނީ
ފަރުވާއަށް ސަލާންޖަހަން ޖެހޭ ކަމަކަށް ނުދެކެން: ނާޒިމް
ފަންޑުން އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު
ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ދެނީ
މަހުޖަނުންނަށް އާސަންދަ ދިނުން ހުއްޓާލަން ޖެހޭ: ސަލީމް
ބިދޭސީންނަށް އާސަންދަ ދިނުމާ ބެހޭ ގަރާރު ބަލައިގެންފި
ތައިރަނޯމް އާސަންދައިން ދޫކުރާނެ: އާސަންދަ
ހަކުރުބަލީގެ މީހުންނަށް އަނބު ރަނގަޅު: ދިރާސާ
ފަރުވާއަށް ދާ މީހުންނަށް ދޭ ޑޮލަރު އިތުރުކޮށްދެނީ