ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
20 އޯގަސްޓް 2025
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ އެންއައިސީގެ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް އާ މެމްބަރަކު ހޯދަނީ އެ ޓްރައިބިއުނަލްގެ ރައީސްކަމުގައި އެންމެ ފަހުން ހުންނެވި އަބްދުލްޣަނީ މުހައްމަދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވާތީ އެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީ މިހާރު ވަނީ އައްޔަން ކުރައްވައިފަ އެވެ.
އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، ރައީސެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އޮންނާނެ އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން ހުށަހަޅަން ޖެހޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެމްބަރުން އައްޔަނުކޮށްފި
އެންއައިސީގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވައިފި
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެންއައިސީގެ މެމްބަރުކަމަށް ހަތް މީހަކު ކުރިމަތިލައިފި
އެންއައިސީއަށް ކުރިމަތިލާން ހުޅުވާލި އިއުލާން ބާތިލް
ފުލުހުންނަށް ދިން އިންޒާރާއެކު މާނިއު ވަކިކޮށްފި
ޖަނަވާރުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގުކުރައްވައިފި
ޓެކްސްއެޕީލް ޓްރައިބިއުނަލަށް 5 ބޭފުޅަކަށް ރުހުންދީދި
ޓެކްސް އެޕީލް ޓްރައިބިއުނަލަށް 14 ބޭފުޅެއްގެ ނަން