Roadha Mihaaru
އެންއައިސީއަށް ކުރިމަތިލާން ހުޅުވާލި އިއުލާން ބާތިލް

އެންއައިސީއަށް ކުރިމަތިލާން އަލުން ހުޅުވާލި އިއުލާން ބާތިލްކޮށްފި

17 ޑިސެމްބަރ 2017

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް ކުރިމަތިލާން ދެވަނަ ފަހަރަށް ހުޅުވާލި އިއުލާން ރައީސް އޮފީހުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް ކުރިމަތިލާން ދެވަނަ ފަހަރަށް ހުޅުވާލި އިއުލާން ރައީސް އޮފީހުން މިއަދު ބާތިލްކޮށްފި އެވެ.

އެންއައިސީގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މަގާމުން ވަކި ކުރެއްވުމުން، އެ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ރައީސް އޮފީހުން މި މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލީ ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ އެވެ.

އެކަމަކު ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލި އިއުލާން މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އެ އިއުލާން ބާތިލްކުރި ސަބަބެއް ބުނެފައެއް ނެތެވެ.

އެންއައިސީގެ ރައީސްކަމުން މާނިއު ވަކިކުރީ އެ ކޮމިޝަންގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް، އެކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވާފައި ވަނިކޮށެވެ.