ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލްގާދިރު އުރަލޮގުލޫ އެ ގައުމުގެ ހައިވޭއެއްގައި ބާރަށް ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާ އެކު އޭނާ ޖޫރިމަނާކޮށްފި އެވެ.
ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލްގާދިރު އުރަލޮގުލޫ އެ ގައުމުގެ ހައިވޭއެއްގައި ބާރަށް ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާ އެކު އޭނާ ޖޫރިމަނާކޮށްފި އެވެ.
ޓާކީއެކްސެލެރޭޓްސް ހޭޝްޓެގްގައި އެކްސްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯތަކުން ފެންނަނީ ލަވަ ޖަހަމުން އަދި ރައީސް ރަޖަބް ތައްޔިބު އުރުދުގާންނެ ތަގުރީރަކުން ކްލިޕްތަކެއް ޖަހަމުން ދުއްވާތީ އެވެ.
ބައެއް ވީޑިއޯތަކުން ވެހިކަލްގެ ސްޕީޑް މީޓަރު ފެންނައިރު ގަޑިއަކު 190 އާއި 225 ކިލޯމީޓަރާ ދެމެދުގައި ދުވެހި ހުރިކަން އެނގެ އެވެ.
ތުރުކީގެ ހައިވޭތަކުގައި އެންމެ ބާރަށް ދުއްވަން ހުއްދަ އޮންނަނީ 140 ކިލޯމީޓަރަށެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން މިނިސްޓަރު ވަނީ އޭނާ ޕޯސްޓްކުރި ވީޑިއޯތަކުގެ ސަބަބުން ލަނޑު ލިބިއްޖެ ކަމަށާއި ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުން ޖޫރިމަނާކޮށްފި ކަމަށް ވިދާޅުވެ ޕޯސްޓެއް ކުރައްވައިފަ އެވެ.
"އަންކާރާ-ނިގްޑޭ ހައިވޭގެ ގޮތް ބަލައިލަން ދުއްވި ދުއްވުމުގައި ކުޑަ ހިނދުކޮޅަކަށް ސްޕީޑް ލިމިޓަށް ވުރެ މައްޗަށް ދިޔައީ. ޕޯސްޓްކުރެވިފައި ހުރި ވީޑިއޯތަކާ ހެދި އަމިއްލައަށް މިކަމުގައި ބެދިއްޖެ،" އޭނާ ލިޔުއްވާފައިވެ އެވެ.
އޭނާ ޕޯސްޓްކުރި ޕެނަލްޓީ ނޯޓިސްގައިވާ ގޮތުން ގަޑިއަކު 225 ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވާފައިވެ އެވެ. އަދި އެކަމުގެ އަދަބަކަށް 9،267 ތުރުކީ ލީރާ (225 ޑޮލަރު) އިން ޖޫރިމަނާ ކޮށްފައިވެ އެވެ.
"މީގެ ފަހުން މިކަމަށް އިތުރަށް ސަމާލުކަން ދޭނަން،" މިނިސްޓަރުގެ ޕޯސްޓުގައިވެ އެވެ. "ސްޕީޑް ލިމިޓަށް ހުރުމަތްތެރިކޮށް ހިދުމަކީ އެންމެންނަށް ވެސް އޮތް ވާޖިބެއް." -- އޭއެފްޕީ
48 ގަޑިއިރު ތެރޭގައި 100 ވެހިކަލް ޓޯކުރި
ޖޫރިމަނާ ނުދައްކާ އުޅަނދުތަކުގައި "ތަޅު އަޅުވަނީ"
ތުރުކީގެ 1000 އަށްވުރެ ގިނަ ކުޅުންތެރިން ސަސްޕެންޑް
އުރުދުޣާންގެ ވާދަވެރިޔާގެ ޖަލު ހުކުމަށް 2430 އަހަރު
ނަތަންުޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެެރެފި
ޣައްޒާއަަށް ތުރުކީ ސިފައިން ވައްދަން ދެކޮޅު ހަދައިފި
ޣައްޒާގެ ސުލްހަޔަށް ހަތަރު ގައުމަކުން ޖާމިނުވެއްޖެ
ޑީލް ގަބޫލުކުރުމުން ހަމާސްއަށް މަރުހަބާ ކިޔައިފި
މިދިޔަހަފުތާގައި 154 މީހެއްގެ ލައިސަންސް އަތުލައިފި
"މިއީ ރަތް ރޮނގު ރައީސް ވަރަށް ބާރަށް ފަވާލި ރޭ"