ދެ ދުވަހުގެ ތެރޭގައި މާލޭ ސަރަަހައްދުން 100 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
01 ޑިސެމްބަރ 2025
ދެ ދުވަހުގެ ތެރޭގައި މާލޭ ސަރަަހައްދުން 100 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މާލެއިން އެކަނިވެސް 62 އުޅަނދެއް ޓޯކުރި އެވެ. އެއީ ދެފުރޮޅުލީ 60 އުޅަނދާއި ހަތަރުފުރޮޅުލީ 2 އުޅަނދެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެއިން 38 ސައިކަލު ވަނީ ޓޯކޮށްފަ އެވެ. އޭގެ ތެރެއިން 30 ސައިކަލު ޓޯކުރީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރުމުން ކަމަށާއި ފަސް ސައިކަލު ޓޯކުރީ ލައިސަންސް ނެތި ދުއްވުމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ރަޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން ދުއްވި މައްސަލަގައި ވެސް އެއް ސައިކަލު ޓޯކުރި އެވެ. އަދި އެކްސިޑެންޓާއި އެހެނިހެން މައްސަލަތަކާ ގުޅިގެން ދެ ސައިކަލު ޓޯކުރި ކަމަށް ވެސް ބުންޏެވެ.
ދެ ދުވަހުގެ ތެރޭގައި ހުޅުމާލެއިން ވަނީ ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން 12 އުޅަނދެއް ޖޫރިމަނާކޮށްފަ އެެވެ. އެއީ ދެ ފުރޮޅުލީ 9 އުޅަނދާއި ހަތަރުފުރޮޅުލީ ތިން އުޅަނދެވެ.
ފުލުހުން ބުނީ މިއީ މާލެ އާއި ހުޅުމާލޭގެ މަގުތަކަކީ އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅުމަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ މައްސަލާގައި ޓޯކޮށްފައިވާ އުޅަނދުތައް ކަމަށެވެ.
މާލޭގައި ބަރިބަރި އަށް ސްޓިކާ ޖަހައިފި!
މިިދިޔަ ހަފްތާގައި 100އަށް ވުރެ ގިނަ ވެހިކަލް ޓޯކުރި
ޓޯކުރަން ހާއްސަ އުޅަނދެއް ބޭނުންކުރަން ފަށައިފި
ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ނަގަން ފަށައިފި
ހުޅުމާލޭގައި ވެހިކަލްތައް ޓޯކުރަން ފަށަނީ
ޖޫރިމަނާ ނުދައްކާ އުޅަނދުތަކުގައި "ތަޅު އަޅުވަނީ"
ބޭނުންނުކުރާ 716 ވެހިކަލް ހުޅުމާލޭގެ މަގުތަކުގައި
ދުންޖަހާ މީހުން ޖޫރިމަނާކޮށް ވެހިކަލް ވެސް އަތުލަންވީ!
ހުޅުމާލޭގެ ފްލެޓުތައް ކައިރިން ސައިކަލްތައް ޓޯކުރަނީ
ދެ ވެހިކަލެއްގައި އެއް ނަމްބަރެއް!