ޓްރީޓޮޕް ހޮސްޕިޓަލުން ހިލޭ ލޯ ސްކްރީން ކޮށްދޭ "ކެޓަރެކްޓް ކެމްޕެއިން" މި މަހު ހަތް ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފި އެވެ.
02 ސެޕްޓެމްބަރ 2025
ޓްރީޓޮޕް ހޮސްޕިޓަލުން ހިލޭ ލޯ ސްކްރީން ކޮށްދޭ "ކެޓަރެކްޓް ކެމްޕެއިން" މި މަހު ހަތް ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފި އެވެ.
އެ ކެމްޕެއިންގެ ދަށުން އުމުރުން 45 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުން ލޮލުގެ ޑޮކްޓަރަކަށް ހިލޭ ދައްކައި އަދި ލޯ ސްކްރީން ކުރެވޭނެ އެވެ. އެއީ ދިވެހިންނާއި ބިދޭސީންނާއި ޓޫރިސްޓުންނަށް ވެސް ހިލޭ ލޯ ސްކްރީން ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.
އަންނަ އާދިއްތަ ދުވަހު ފަށާ މި ކެމްޕެއިން ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2 އިން ހަވީރު 5 ޖަހަންދެނެވެ. މި ކެމްޕޭނުގައި ބައިވެރިވުމަށް ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި ކެމްޕެއިނަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް "ވޯކްއިން" އެޕޮއިންޓްމަންޓް ޖާގަ އޮތް މިންވަރަކުން ފުރުސަތު ދޭނެ އެވެ.
"ކެޓަރެކްޓް ކެމްޕެއިން"އިން ޑޮކްޓަރަށް ދެއްކުމާއި ލޯ ސްކްރީން ކުރުމުގެ ހިދުމަތް ހިލޭ ލިބުނު ނަމަވެސް، އިތުރު ޓެސްޓުތަކާއި ހިދުމަތް ބޭނުންވާ ފަރާތްތަކުން އެ ހިދުމަތްތަކަށް ފައިސާ ދައްކަން ޖެހޭނެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ އާއްމުންގެ މެދުގައި ދުޅަހެޔޮކަން ޕްރޮމޯޓު ކުރުމަށް މިފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާ ހޮސްޕިޓަލެކެވެ.
ޓްރީޓޮޕްއިން "ވެލް މޭލް ޕެކޭޖް" އިން ޑިސްކައުންޓް
ހެލްތު އެކްސްޕޯގައި ޓްރީ ޓޮޕްގެ ސިއްހީ މައުލޫމާތު
ޓްރީ ޓޮޕުން ހިލޭ އެމްއާރުއައި ހެދޭ ކެމްޕެއިނެއް
ރޯޑް ރޭހުގެ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނީ ޓްރީޓޮޕްއިން
ޓްރީޓޮޕުން މުލީގައި ހެލްތު ކޭމްޕެއް ބާއްވަނީ
ހިތުގެ ބަލިތަކަށް ހާއްސަ ކެމްޕެއިނެއް ޓްރީ ޓޮޕްގައި
ފެނުމުގެ ދުވަހަށް އައިކެއާގެ ކުރެހުމުގެ މުބާރާތެއް!
އައިކެއާ އޮޕްޓިކަލްސް އިން މެލޭޝިއާ ދަތުރެއް ދެނީ!
ވިޓްރޯރެޓިނަލް އަދި ކެޓަރެކްޓް ސާޖަނެއް އައިކެއާއަށް!
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕަށް ހުޅުވާލައިފި