ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ދޭ ނާސިން ސްކޮލަޝިޕް ޕްރޮގްރާމްގެ މި އަހަރުގެ ފުރުސަތަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
13 ސެޕްޓެމްބަރ 2025
ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ދޭ ނާސިން ސްކޮލަޝިޕް ޕްރޮގްރާމްގެ މި އަހަރުގެ ފުރުސަތަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މިއީ 2021 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖާ ގުޅިގެން، ނަރުސްކަމަށް ދިވެހިން ނެރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހިންގާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 19 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވާއިރު، އޭގެ ތެރެއިން ހަތް މީހަކު ނަރުސް ކޯސް ފުރިހަމަ ކުރުމަށް ފަހު މިހާރު އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންނެވެ.
މި އަހަރު ވެސް ޑިޕްލޮމާ އިން ނާސިން އަދި ބީއެސްސީ އިން ނާސިން ކޯސްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކޮލަޝިޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވިލާ ކޮލެޖުގެ ނާސިން ޕްރޮގްރާމްގައި ރަޖިސްޓަރީ ވެފައިވާ ދިވެހި ދަރިވަރުންނަށެވެ. އަދި ކުރިމަތިލާ މީހުންނަކީ އެހެން ސްކޮލަޝިޕެއް ލިބިގެން ތައުލީމު ހާސިލް ކުރަމުން އަންނަ ނުވަތަ ވިލާ ކޮލެޖު ފިޔަވައި އެހެން މަރުކަޒަކުން ކިޔަވާ މީހަކަށް ވެގެން ނުވާނެ އެވެ.
މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ފުރުސަތު އަލަށް ކޯހަށް ވަންނަ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ލިބޭނެ އެވެ. މި ސޮކޮލަޝިޕަށް އެދި ހުށަހެޅޭނީ އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި، އެ ހޮސްޕިޓަލުގެ ހިދުމަތުގައި އެންމެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުންގެ ދާއިރާ އެވެ. އަދި އެއީ ނަރުހުންގެ ހިދުމަތަށް އަދި ހާއްސަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ހިދުމަތް ފުޅާކުރުމަށް ހުއްޓުމެއް ނެތި މަސައްކަތްތަކެއް ކުރަމުން އަންނަ ހޮސްޕިޓަލެއް ކަމަށް ވެސް ބުންޏެވެ.
ނާސިން ކިޔަވާ ކުދިންނަށް ޓްރީޓޮޕުން ސްކޮލާޝިޕް ދެނީ
ޓްރީޓޮޕްއިން "ވެލް މޭލް ޕެކޭޖް" އިން ޑިސްކައުންޓް
ހެލްތު އެކްސްޕޯގައި ޓްރީ ޓޮޕްގެ ސިއްހީ މައުލޫމާތު
ޓްރީ ޓޮޕުން ހިލޭ އެމްއާރުއައި ހެދޭ ކެމްޕެއިނެއް
ރޯޑް ރޭހުގެ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނީ ޓްރީޓޮޕްއިން
ޓްރީޓޮޕުން މުލީގައި ހެލްތު ކޭމްޕެއް ބާއްވަނީ
ހިތުގެ ބަލިތަކަށް ހާއްސަ ކެމްޕެއިނެއް ޓްރީ ޓޮޕްގައި
ޓްރީޓޮޕްއިން ހިލޭ ލޮލުގެ ސްކްރީންކޮށްދޭ ކެމްޕެއިނެއް
މޯލްޑިވްސް ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރަކީ ޓްރީޓޮޕް
ދެ ހޮސްޕިޓަލަށް އެންސްޕާއިން މިދިޔަ މަހު 7 މިލިއަން