ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކޮލާޝިޕްގެ ފުރުސަތެއް ހުޅުވައިފި އެވެ.
13 ސެޕްޓެމްބަރ 2021
ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވާ ދަރިވަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކޮލާޝިޕްގެ ފުރުސަތެއް ހުޅުވައިފި އެވެ.
މި ފުރުސަތުގެ ދަށުން ސްކޮލާޝިޕް ދޭނީ ނާސިންގެ ޑިޕްލޮމާ ކޯހާއި އަންޑަގްރެޖުއެޓް ޑިގްރީ ކޯސް ހަދާ ދަރިވަރުންނަށެވެ. މި ސްކޮލާޝިޕަށް އެދި މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.
ސްކޮލާޝިޕަށް އެދި ހުށަހެޅޭނީ އެހެން އެެއްވެސް ސްކޮލަޝިޕެއްގައި ބައިވެރިވެރި ނުވާ ދިވެހި ދަރިވަރުންނަށެވެ. އެގޮތުން، ވިލާ ކޮލެޖުގައި މިހާރު ކިޔަވަމުންދާ އަދި އެ ކޮލެޖަށް އަލަށް ވަންނަ ދަރިވަރުންނަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކޮލަޝިޕް ލިބޭނެ އެވެ.
ސްކޮލާޝިޕަށް އެދި ހުށަހަޅާ ދަރިވަރުން އެޕްލިކޭޝަން ފޯމުގެ އިތުރުން އެޓެސްޓު ކޮށްފައިވާ އައިޑީކާޑު ކޮޕީ އާއި ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓާއި ޕާސްޕޯޓް ސައިޒު ފޮޓޯއަކާއި ޕޮލިސް ރިޕޯޓު އަދި ކޯހަށް ހޮވުނު ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ އެވެ.
ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން މި ފުރުސަތު ހުޅުވައިލީ ސިއްހީ ދާއިރާ އިން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ މީހުންނަށް ހާއްސަ އިސްކަމެއް ދިނުމަށެވެ. އަދި ނަރުހުންނަކީ ސިއްހީ ދާއިރާގައި މުހިންމު ބައެއް ކަމަށާއި އެ މީހުން ބާރުވެރިކުރުވުމަށް އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕަށް ހުޅުވާލައިފި
ޓްރީޓޮޕްއިން "ވެލް މޭލް ޕެކޭޖް" އިން ޑިސްކައުންޓް
ހެލްތު އެކްސްޕޯގައި ޓްރީ ޓޮޕްގެ ސިއްހީ މައުލޫމާތު
ޓްރީ ޓޮޕުން ހިލޭ އެމްއާރުއައި ހެދޭ ކެމްޕެއިނެއް
ރޯޑް ރޭހުގެ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނީ ޓްރީޓޮޕްއިން
ޓްރީޓޮޕުން މުލީގައި ހެލްތު ކޭމްޕެއް ބާއްވަނީ
ހިތުގެ ބަލިތަކަށް ހާއްސަ ކެމްޕެއިނެއް ޓްރީ ޓޮޕްގައި
ޓްރީޓޮޕްއިން ހިލޭ ލޮލުގެ ސްކްރީންކޮށްދޭ ކެމްޕެއިނެއް
މޯލްޑިވްސް ހާފް މެރަތަންގެ މެޑިކަލް ޕާޓްނަރަކީ ޓްރީޓޮޕް
ދެ ހޮސްޕިޓަލަށް އެންސްޕާއިން މިދިޔަ މަހު 7 މިލިއަން