ފަސް ރަށެއްގައި ސިއްހީ މަރުކަޒާއި ހެލްތު ސެންޓަރުގެ އާ އިމާރާތް އެޅުމަށް ވެމްކޯ އަދި އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
21 ސެޕްޓެމްބަރ 2025
ފަސް ރަށެއްގައި ސިއްހީ މަރުކަޒާއި ހެލްތު ސެންޓަރުގެ އާ އިމާރާތް އެޅުމަށް ވެމްކޯ އަދި އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ތ. ގުރައިދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތާއި އެ އަތޮޅު މަޑިފުށި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތް އަދި ގާދިއްފުށީ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރަން ބޭނުންވާ އިމާރާތް އަޅަން ހަވާލުކުރީ، ކުނި މެނޭޖުކުރުމަށް ހާއްސަ ކުންފުނި، ވެމްކޯއަށެވެ.
އެ އެއްބަސްވުންތަކުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އަދި ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑު މާކެޓިންގެ ޖެނެރަލް މެނޭޖަރު، އިސްމާއިލް އުބެއިދު ވަނީ ސޮއިކުރައްވައިފަ އެވެ.
އދ. ކުނބުރުދޫ އަދި ފ.ފީއަލި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި @MTCCPlc އާއެކު މިއަދު ވަނީ ސޮއިކުރެވިފަ. pic.twitter.com/fFCPDIVpaC
— Ministry of Health (@MoHmv) September 21, 2025
އެ ތިން ރަށުގައި ވެސް ސިއްހީ ހިދުމަތް ދޭ އާ މަރުކަޒުތައް އަޅަން ދިނީ 325 ދުވަހެވެ. ގުރައިދޫގައި ހޮސްޕިޓަލްގެ އާ އިމާރަތް އަޅަން ހަވާލުކުރީ 32.8 މިލިއަން ރުފިޔާއަށެވެ. މަޑިފުށީ އަދި ގާދިއްފުށީގެ މަސައްކަތް ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީއާ ހަވާލުކުރީ އދ. ކުނބުރުދޫ ސިއްހީ މަރުކަޒުގައި އަލަށް އިތުރުކުރާ އިމާރާތާއި ފ. ފީއަލީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އަޅާށެވެ.
އެ ދެ ރަށުގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އަދި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
ކުނބުރުދޫ ސިއްހީ މަރުކަޒުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ 8.2 މިލިއަން ރުފިޔާއަށެވެ. ފީއަލީގެ މަސައްކަތް ނިންމަން ދީފައިވަނީ 360 ދުވަހެވެ. އެއީ 21.6 މިލިއަން ރުފިޔާއަށެވެ.
6ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތުކުރަން 23 މިލިއަން
ހެލްތުސެންޓަރު ހިންގާ ވެރިންނަށް ތަމްރީނު ދޭން ފަށައިފި
ސިއްހީ ހިދުމަތްދޭ ތަން އަޅަން 3 ކުންފުންނަކަށް
މެޑިކަލް ވޭސްޓް ނައްތާލާ ފެސިލިޓީއެއް ބާރަށުގައި
ތިން ރަށެއްގެ ހޮސްޕިޓަލް އިމާރާތް އަޅަން ހަވާލުކޮށްފި
އައިވީ މައްސަލައިގައި ހަތަރު މުވައްޒަފަކު ސަސްޕެންޑް
ގަމާއި ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަމަހު ފަށަނީ
ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރާ ސާމާނު ހަވާލުކޮށްފި
އިނގުރައިދޫގައި ސިއްހީ މަރުކަޒެއް އަޅަން 76 މިލިއަން ރުފިޔާ
ސިއްހީ ދާއިރާއަށް ބަދަލު ގެނެސްދޭނެ ކަމުގެ ޔަގީންކަން