މ. މުލަކުގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން އިމާރާތެއް އިތުރުކުރުމަށާއި އެ އަތޮޅު ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.
22 ސެޕްޓެމްބަރ 2025
މ. މުލަކުގައި ހުންނަ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން އިމާރާތެއް އިތުރުކުރުމަށާއި އެ އަތޮޅު ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.
އެ ދެ ޕްރޮޖެކްޓުގެ މަސައްކަތް ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގަ އެވެ.
މުލަކު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ މިއަދު ހެނދުނު އެޅީ އެތަނާ ޖެހިގެން އޮތް ހުސްބިމުގަ އެވެ. އާރުސީސީއާ ހަވާލުކުރި ޕްރޮޖެކްޓުގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
މުލަކު އާ ހޮސްޕިޓަލް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަންވަނީ. -- ފޮޓޯ | ރައީސް އޮފީސް
މުލަކުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ރޭ ވިދާޅުވީ އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ފެއްޓެވި މަސައްކަތުގެ ސަބަބުން މި ސަރަހައްދުގެ ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެ މަޝްރޫއު ފަށާ ގޮތަށް ވަރަށް ބާރު ސްޕީޑުގައި ގޮސް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
އެ އިމާރާތުގެ މަސައްކަތުގެ އަގަކީ 26,469,925.89 ރުފިޔާ އެވެ. އާރުޑީސީއާ މަސައްކަތް ހަވާލުކޮށްފައި ވަނީ މި އަހަރުގެ މެއި މަހު އެވެ.
ދިއްގަރުގައި ހޮސްޕިޓަލެއް އެޅުމުގެ އެއްބަސްވުން ހަވާލު ކުރީ އެމްޓީސީސީއާ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު ނާޒިމްގެ އިތުރުން އެމްޓީސިސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިއްގަރުގައި އަޅަން ނިންމާފައި ހޮސްޕިޓަލާ އެކު މ. އަތޮޅުގެ ސިއްހީ ދާއިރާއަށް ރަނގަޅު، ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ. ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއަކީ އަސާސީ ކަންކަން ކުރިއެރުވުމަށް ރައީސް ކުރިއަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ. ދިއްގަރުގެ އާ ހޮސްޕިޓަލަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 105 މިލިއަން ރުފިޔާ އެވެ.
ހަނިމާދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފި
ހޮސްޕިޓަލަކާ އެކު މާމިގިއްޔަށް އިތުރު މަޝްރޫއުތަކެއް
ވިލުފުއްޓަށް އާ ވައުދުތަކާއެކު،ބައެއް ކަންކަން ފަށައިފި
ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަނީ
ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފަށައިފި
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
މަނަދޫގައި 50އެނދުގެ އާ ހޮސްޕިޓަލުގެ ބިންގާ އަޅައިފި
ނަފްސާނީ ބަލީގެ ހޮސްޕިޓަލް ގަމުގައި އަޅަން ފަށަނީ
މުލީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި
ސިއްހީ ހިދުމަތްދޭ ތަން އަޅަން 3 ކުންފުންނަކަށް