ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް މިއަދު ފަށައިފި އެވެ.
12 އޯގަސްޓް 2025
ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް މިއަދު ފަށައިފި އެވެ.
އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ ރަށުގަ އެވެ.
މެމޮގްރަފީ އަކީ އުރަމަތީ ކެންސަރުގެ އެއްވެސް އަލާމާތެއް ބޭރުފުށުން ނުފެންނަ އިރު، އެ ބާވަތުގެ ކެންސަރު ޖެހިފައި ހުރިކަން ދެނެގަންނަން ހަދާ ޓެސްޓެކެވެ.
މެމޮގްރަފީގެ ހިދުމަތާ އެކު، އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ހިދުމަތް އިތުރަށް ބ. އަތޮޅުގައި ފުޅާވާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ބ. އަތޮޅު ހޮސްޕިޓަލްގައި މެމޮގްރަފީގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު، އެ ހިދުމަތް ދޭން ރާވާފައިވާ ގޮތް ރައީސް މިއަދު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ވެސް ރޭ ވަނީ ހަވާލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން އާބަން ސެންޓަރުތަކުގައި ހުންނަންވާ ފެންވަރަށް ސިއްހީ ހިދުމަތް އޭދަފުށިން ލިބޭނެ ކަމަށެވެ.
މެމޮގްރަފީގެ ހިދުމަތް ބ. އަތޮޅު ހޮސްޕިޓަލުގައި ފެށި ނަމަވެސް ޖާގައިގެ ދަތިކަން އިންތިހާ އަށް ބޮޑެވެ. އެހެންވެ، އާ ހޮސްޕިޓަލާ އެކު އެކަން ހައްލުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
ހޮސްޕިޓަލަކާ އެކު މާމިގިއްޔަށް އިތުރު މަޝްރޫއުތަކެއް
މާލޭގައި ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ހުޅުވައިފި
ހެލްތު ސެންޓަރުތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސަނީ
ގުރައިދޫ ހޮސްޕިޓަލް ބިންގާއަޅައި ޑީކޯޗެމްބަރު ހުޅުވައިފި
ވިލުފުއްޓަށް އާ ވައުދުތަކާއެކު،ބައެއް ކަންކަން ފަށައިފި
ދިއްގަރުގައި 30އެނދުގެ ހޮސްޕިޓަލެއް އަޅަން ސޮއިކޮށްފި
ހަނިމާދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފި
ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަނީ
ނަފްސާނީ ބަލީގެ ހޮސްޕިޓަލް ގަމުގައި އަޅަން ފަށަނީ