ތ. ވިލުފުށީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
24 ސެޕްޓެމްބަރ 2025
ތ. ވިލުފުށީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވިލުފުށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެއާޕޯޓު މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ. ސަރުކާރުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ވިލުފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ރޭ ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް ހަދައި، ރައްޔިތުންގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހައިދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ.
ވިލުފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ ތަނުގެ އޮޕަރޭޝަނަލް އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒާއި އެންމެ ފަހުން ވިލުފުށީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވެސް ރަށުގެ ހިދުމަތްތައް ފުޅާކުރުމަށް އެދި ހުށަހެޅި ހުށަހެޅުންތަކާއި އެކު އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ގެންދިއުން ވެސް ހިމެނެ އެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި އަޅާ އެއާޕޯޓުރަންވޭގެ ދިގުމިނަކީ 1،800 މީޓަރު ކަމަށެވެ. އަދި އެ އެއާޕޯޓުގެ ބިން ހިއްކުމާއި ހިއްކާ ބިން ހިމާޔަތްކޮށް ރަންވޭ ހެދުމުން ފެށިގެން ހުރިހާ މަސައްކަތެއް ކުރިޔަށް ގެންދާނީ އެމްއޭސީއެލުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް، މިއަދުން ފެށިގެން ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.
ވިލުފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އެހެން ބޭފުޅުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ވިލުފުށި އެއާޕޯޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގެ ވެސް ވައުދެކެވެ. އިބޫގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށްވެ، އިންތިހާބު ބޯމަތިވެފައި އޮއްވާ އިބޫ އެ ރަށަށް ވަޑައިގަތުމުން އިހުތިޖާޖު ކުރުމުގެ ގޮތުން އެއާޕޯޓު މޮޑެލަކާއި ހޮސްޕިޓަލްގެ މޮޑެލެއް ބަނދަރު ސަރަހައްދުގައި ބަހައްޓައި، އެ ވައުދު ނުފުދޭތީ ރިބަން ކަނޑަން ވެސް އެރަށު ރައްޔިތުން ތައްޔާރުކުރި އެވެ.
ރިސޯޓް ހަދާނެ ރަށެއް ދޭ އުސޫލުން، ވިލުފުށީ އެއާޕޯޓު ހެދުމަށް ބިން ހިއްކުމަށް އޮގަސްޓު 2023 ގައި އޭރުގެ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް މިހާތަނަށް އޮތީ އެއްވެސް މަސައްކަތެއް ނުކޮށެވެ.
މަތިވެރި އެއާޕޯޓު އަޅައި ހިންގަން އެމްއޭސީއެލަށް
ބިން ހިއްކަން އެމްއޭސީއެލް އިން ތިން ޑްރެޖަރު ގެންނަނީ
ކޮމަންޑޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި
ބިލެތްފަހި އެއާޕޯޓް ދެ އަހަރާ ބައިން ނިންމާނަން:ރައީސް
ބިލަތްފަހީގެ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއަށް
ގުރައިދޫ އެއާޕޯޓް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފި
ވިލުފުއްޓަށް އާ ވައުދުތަކާއެކު،ބައެއް ކަންކަން ފަށައިފި
މަތިވެރި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި
ހަނިމާދޫ އެއާޕޯޓުގެ ނިމުނީ 72 ޕަސެންޓް: ޝަރީފް
ހަނިމާދޫ އެއާޕޯޓް ޒަމާނީކޮށް އުތުރުގެ ލޭންޑްމާކަކަށް