Roadha Mihaaru

ބިލަތްފަހީގެ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް، މަސައްކަތް ފަށައިފި

ށ. ބިލެތްފަހީގަައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް އެމްއޭސީއެލާ ހަވާލުކޮށް، މަސައްކަތް މިއަދު އަލުން ފަށައިފި އެވެ.

ބިލަތްފަހީގެ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 އޮކްޓޯބަރ 2025

ށ. ބިލެތްފަހީގަައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް އެމްއޭސީއެލާ ހަވާލުކޮށް، މަސައްކަތް މިއަދު އަލުން ފަށައިފި އެވެ.

ބިލަތްފަހީ އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް އެ ވެރިކަން ނިމުނީ ނަތީޖާއެއް ނުފެނި އެވެ.

ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ހިން ހިއްކުމުގެ މަސައްކަތް މިއަދު ފަށަނީ.---ފޮޓޯ: ރައީސް އޮފީސް

ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ހިން ހިއްކުމުގެ މަސައްކަތް މިއަދު ފަށަނީ.---ފޮޓޯ: ރައީސް އޮފީސް

އޭރު ބިލަތްފަހީ އެއާޕޯޓު އަޅަން ނިންމީ ކްރޮސް ސަބްސިޑީ އުސޫލުންނެވެ. ބިން ހިއްކައި އެއާޕޯޓުގެ އަމަލީ މަސައްކަތް އެ ދައުރުގައި ފަށަން މަސައްކަތް ކުރި ނަމަވެސް އެ ކަމެއް ނުކުރެވުނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދުގެ ހަތަރު ވަނަ ރަށަކަށް ވަޑައިގަތީ ބިލެތްފައްސަށެވެ.

ބިލަތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިއަދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ބިލަތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު މިއަދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ އެއާޕޯޓު ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް އަލީ އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.

އެ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޝަރީފާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ބިލެތްފަހި ކައުންސިލް ރައީސް އެވެ.