ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކޮޅަށް އަލީ ފާސިރު (ސެންޓޭ) ވައްދާލި ހިލޭޖެހުމުން ނިއު ރޭޑިއަންޓުން ރޭސް ދަމަހައްޓައިފި އެވެ.
26 ސެޕްޓެމްބަރ 2025
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކޮޅަށް އަލީ ފާސިރު (ސެންޓޭ) ވައްދާލި ހިލޭޖެހުމުން ނިއު ރޭޑިއަންޓުން ރޭސް ދަމަހައްޓައިފި އެވެ.
މެޗުން، ނިއު މޮޅުވީ 2-0 ނެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ކުޅުނު ފުރަތަމަ މެޗުގައި ވެސް ސެންޓޭ، ވަނީ ހިލޭ ޖެހުމަކުން ޓީސީ ކޮޅަށް ލަނޑު ޖަހައިފަ އެވެ.
މިރޭ ޔޫވީއާ ދެކޮޅަށް ވެސް އޭނާ ލަނޑު ޖެހީ ގާތްގަނޑަކަށް އެއް ހިސާބަކުން ލިބުނު ހިލޭޖެހުމަކުންނެވެ.
ސެންޓޭ، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެޗުގެ ބޮޑު ބައެއްގައި ޔޫވީގެ ގޯލް ފޫއަޅުވާލަން ނިއު އަށް ވީ އުނދަގޫ ކަމަކަށެވެ.
އެކަމަކު ސެންޓޭ ފޮނުވާލި ހިލޭޖެހުން ދިފާއު ކުރަން އޭނާ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.
ނިއުގެ ފޯވާޑުންނަށް ޖާގަ ނުދޭން ޔޫވީން ކުޅުނީ ޑިފް ޑިފެންސިވް ލައިނެއްގަ އެވެ. އެކަމަކު އެ ޓީމު ކޮޅަށް ވަން ލަނޑަށް ފަހު ޑިފެންސުން އިތުރު ޖާގަތައް ނިއު އަށް ލިބުނެވެ.
ނިއުގެ ދެވަނަ ލަނޑު ޖެހި ސިލްވާ، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މުސާ | މިހާރު
އެ ޓީމުގެ ދެވަނަ ލަނޑު ބްރެޒިލް ވިންގާ ގުއިލާމޭ ސިލްވާ ޖެހީ ޑިފެންސް އިތުރަށް ހުޅުވުމުން ލިބުނު ޖާގައިގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ތަނަވަސް ކުރި ފުރުސަތުންނެވެ.
ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ނިއުއިން ވަނީ އެ ޓީމުން ކުޅުނު ދެ މެޗުގައި ޖުމުލަ އަށް ލަނޑު ޖަހައިފަ އެވެ. ޕާކިސްތާނުގެ ގައުމީ ކީޕަރު ސާގިބް ހަނީފް ބަލަހައްޓާ ގޯލަށް އަދި މިހާތަނަށް ގޯލެއް ނުވަދެ އެވެ.
އެހެންވެ ނިއު އެއްވަނައިގައި އޮތީ ފައިދާ އަށް ގޯލާ އެކު އެވެ. ދެވަނައިގައި އޮތް މާޒިޔާ އަށް އޮތީ ފައިދާ ހަތް ގޯލެވެ.
ރެލިގޭޝަނުން މައްޗަށް ޖެހިލުމުގެ އުއްމީދު ޔޫވީއަށް
ނިއު ބަލިކޮށް މާޒިޔާއަށް ފުރަތަމަބުރުން ފުރިހަމަރެކޯޑެއް
ބުރު ވެސް ގަދަ ހަތަރެއްގެ ރޭހަށް ވާންކޮށްފި
ބެންޖޯ ހަވާލުވެ އީގަލްސްގެ ނަތީޖާތައް ބަދަލުކޮށްލައިފި
ނިއުގެ ލީޑަށް ނިމުން ގެނެސް ގްރީންއަށް ޕޮއިންޓެއް!
ނިއު ކޮޅަށް ފުރަތަމަ ގޯލް، ޓީމު މޮޅުކޮށްދިނީ ހަންނަ
ވިކްޓަރީ ހަމަޔަކަށް އެޅި މޮޅުވުމުގެ ޓްރެކުގައި!
އީގަލްސްއާ ޖެހި ނިއު އަށް ވެސް މަޑުޖެހުމެއް
ޔޫވީ އާއި ވެލެންސިއާ ވެސް ފުއްދާލީ ޕޮއިންޓަކުން
ޔޫވީ ބަލިކޮށް މާޒިޔާ އަލުން އެއްވަނަ އަށް