އުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި މީހުންނާ ރޭ ފޯނުތައް ހަވާލުކޮށްފި އެވެ.
26 ސެޕްޓެމްބަރ 2025
އުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި މީހުންނާ ރޭ ފޯނުތައް ހަވާލުކޮށްފި އެވެ.
އުރީދޫގެ ކަސްޓަމަރުންނާ ފޯނުތައް ހަވާލުކުރީ ރޭ ދަންވަރު 12 ޖެހިއިރު ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.
އެ ހަރަކާތުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން އުރީދޫ ހެޑް އޮފީހުގައި އާއްމުންނަށް ހުޅުވާލައިގެން ހާއްސަ މިޔުޒިކް ޝޯއެއް ވެސް ބޭއްވި އެވެ. އެ ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބަޖިއްކޮ އާއި ފާލިހުގެ ރީތި ހުށަހެޅުންތަކެއް ވެސް އޮތެވެ.
އުރީދޫ މެދުވެރިކޮށް ޕްރީ އޯޑަރު ކޮށްގެން އައިފޯނު 17 ލިބުނު ކަސްޓަމަރަކާ ރޭ ފޯނު ހަވާލުކުރަނީ.
އުރީދޫން އައިފޯނު ޕްރީ އޯޑަރަށް ހުޅުވައިލީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 12:02 އެވެ.
އުރީދޫގެ އީކޮމާސް ޕްލެޓްފޯމު މެދުވެރިކޮށް އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް ހުޅުވާލި ފުރުސަތުގެ ބޭނުންކޮށް ގިނަ ބަޔަކު ވަނީ ފޯނަށް ޕްރީއޯޑަރު ދީފަ އެވެ.
އުރީދޫ މެދުވެރިކޮށް ޕްރީ އޯޑަރު ކޮށްގެން އައިފޯނު 17 ލިބުނު ކަސްޓަމަރުންނާ ފޯނު ހަވާލު ކުރުމަށް ރޭ ބޭއްވި ހާއްސަ ހަރަކާތުގައި މިއުޒިކް ކުޅެނީ.
އުރީދޫން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ވަސީލަތްތައް ވީހާ ވެސް އަވަހަކަށް ދިވެހިންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެޕަލްގެ ފޯނުތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗަކަށް ވާއިރު ކޮންމެ އަހަރަކު ވެސް އުރީދޫން އެޕަލްގެ ފޯނުތައް ގަތުމުގެ ފުރުސަތު ހޯދައި ދެ އެވެ.
އުރީދޫން އައިފޯން 17 ޕްރީ އޯޑަރަށް މިރޭ ހުޅުވާލަނީ
އައިފޯނު 16 ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ދީފި
އައިފޯން 16ގެ ޕްރީ އޯޑަރަށް އުރީދޫން މިރޭ ހުޅުވާލަނީ
މޫލީއިން އައިފޯން އޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ދީފި
"މޫލީ"އިން އައިފޯން 15ގެ ޕްރީއޯޑަރު ނަގަނީ
އުރީދޫން މިހާރު އައިފޯނު 14 ޕްރީ އޯޑާ ކުރެވޭނެ
އުރީދޫގެ"މޫލީ" އިން އައިފޯނު13 އަށް އޯޑަރު ކުރެވޭނެ
އާ އައިފޯންތައް މިރޭ އުރީދޫން ޕްރިއޯޑަރަށް ހުޅުވާލާނެ
އުރީދޫން ފަހުގެ އައިފޯނުތައް އަނެއްކާވެސް ޕްރީއޯޑަރަށް
އުރީދޫން ފަހުގެ އައިފޯނުތައް ޕްރީއޯޑަރަށް ހުޅުވާލަނީ