މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާ ރެގިއުލޭޓްކުރަން އުފެއްދި ކޮމިޝަނަށް ކުރިމަތިލާ މީހުން ވަގުތު އޮއްވައި ރެކޯޑު ސާފުކުރަން ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެދެފި އެވެ.
27 ސެޕްޓެމްބަރ 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާ ރެގިއުލޭޓްކުރަން އުފެއްދި ކޮމިޝަނަށް ކުރިމަތިލާ މީހުން ވަގުތު އޮއްވައި ރެކޯޑު ސާފުކުރަން ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެދެފި އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ މީޑިއާ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު އޮކްޓޫބަރު 4 އާ ހަމައަށް ހުޅުވާލާފައިވާއިރު އިންތިހާބަށް ކުރިމަތިލުމަށް އެދި ރެކޯޑު ސާފުކުރަން ހުށަހަޅާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަަށް ކޯޓުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރެކޯޑު ސާފުކުރަނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސްއަކުން ކަމަށް ވިޔަސް މުޅި ރާއްޖޭގެ ހުރިހާ ކޯޓެއްގައި ހުރި ކުށުގެ ރެކޯޑުތައް، ރެކޯޑު ޕޯޓަލަށް އަޅައި އަޕްޑޭޓްކުރެވިފައި ނުވާ ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެެވެ.
އެހެންވެ، ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމަކަށްވާތީ ވަގުތު އޮއްވައި ހުށަހަޅަން ވަނީ އެދިފަ އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި މީޑިއާ ކޮމިޝަނުގެ އިންތިހާބާ ގުޅިގެން ރެކޯޑު ސާފުކުރުމަށް އޮކްޓޫބަރު 2 ގެ 1:00 ގެ ފަހުން ހުށަހަޅާ މީހުންގެ ރެކޯޑު އީސީން ކަނޑައަޅާފައިވާ ވަގުތަށް ނުނިމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވާލަނީ 7 މެމްބަރުންގެ މައްޗަށެވެ. އެކަމަކު އޭގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ 4 މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.
އިިސީން މިހާރު ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާނެ ދެ މެމްބަރަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ.
އެ އިއުލާނުގައިވާ ގޮތުން ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.
އެ އިންތިހާބުގެ ވޯޓު ނެގުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 4:00 އަށެވެ.
އެ އިންތިހާބުގެ ވޯޓު ފޮށި ބަހައްޓަނީ ހަމައެކަނި މާލޭގަ އެވެ. އަދި ވޯޓު ނެގުން ނިމޭތާ 30 މިނެޓަށް ފަހު ވޯޓު ގުނަން ފަށައި ރަސްމީ ނަތީޖާ ވެސް އިއުލާނު ކުރަން ވަނީ ނިންމައިފަ އެވެ.
މީޑިއާ ރެގިއުލޭޓްކުރަން މުޅިން އާ ކޮމިޝަނެއް އުފައްދަން ތައްޔާރުވަމުން އަންނައިރު އެ ގާނޫނާ ގުޅިގެން ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އަދި މި ގާނޫނު އުވައިލަން އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ގޮވާލައިފަ އެވެ.
ސީއެންއެމްއަށް ފިޔަވަޅު އަޅަން ޑީޖޭއޭއިން ހުށަހަޅައިފި
ޝަރީއަތްތަކަށް ރާއްޖެ ޓީވީ ވެއްދުމުގެ ހުއްދަ ދީފި
ދޮގު ފެތުރުން މަދުކުރަން ދަރިވަރުންގެ ފޯރަމެއް
މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް ހަމްދީ އައްޔަންކޮށްފި
ފާޑުކިޔުންތައް ބޮޑުވެ ބީބީސީގެ ވެރިޔާ އިސްތިއުފާ ދީފި
މައުލޫމާތު ލިބުނު ގޮތް ބުނަންޖެހޭތީ ކަންބޮޑުވުން
މީޑިއާ ކޮމިޝަންގެ ނައިބު ރައީސަކަށް ޒަމްއަތު
މީޑިއާތަކުގެ ސްލޮޓަށް ހަތަރު ބޭފުޅުން އައްޔަން ކޮށްފި
މީޑިއާ ކޮމިޝަނުގެ 3 މަގާމަށް 10 ބޭފުޅެއްގެ ނަން
އިންތިހާބާ ނުލައި މީޑިއާ ކޮމިޝަނަށް މެމްބަރުން ހޮވިއްޖެ