ރާއްޖޭގައި ޕާފޯމިން އާޓްސް އާއި ވިޝުއަލް އާޓްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް އުސޫލެއް ހަދައިފި އެވެ.
28 ސެޕްޓެމްބަރ 2025
ރާއްޖޭގައި ޕާފޯމިން އާޓްސް އާއި ވިޝުއަލް އާޓްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް އުސޫލެއް ހަދައިފި އެވެ.
ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ހެދި މި އުސޫލުގެ މަގްސަދަކީ ރާއްޖޭގައި ފަންނުވެރި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ، އެ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ފަންނުވެރިން ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުނެފައިވެ އެވެ.
ފަންނުވެރިންގެ ދާއިރާތައް ދަފްތަރުކޮށް ބެލެހެއްޓުމުގެ އިތުރުން އެ މީހުންގެ ދާއިރާތަކާ ގުޅޭ ދިރާސާތައް ހެދުމާއި ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް މި ދަފްތަރު ބޭނުންކުރާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.
ފަންނުވެރިންގެ ގިންތިކުރެވޭ މައިގަނޑު ދާއިރާތަކެއް ވެސް އެ އުސޫލުގައި ބަޔާންކުރެ އެވެ.
ޕާފޯމިން އާޓްސްގެ ތެރޭގައި ހިމެނެނީ މިއުޒިކާއި ނެށުމާއި ތިއޭޓާ އާއި ކުޅިވަރާއި ބޮޑުބެރާއި ބަނޑިޔާ ޖެހުން ފަދަ ސަގާފީ ކުޅިވަރުތަކެވެ. އަދި ވިޝުއަލް އާޓްސްގައި ހިމެނެނީ ޕެއިންޓިން އާއި ކުރެހުމާއި ކެލިގްރަފީ އާއި ރިހިނެގުން (ސްކަލްޕްޗާ) އާއި ފޮޓޯގްރަފީ އާއި ޑިޖިޓަލް އާޓް ފަދަ ކަންކަމެވެ.
އެ އުސޫލުގެ ދަށުން ދަފްތަރުކުރުމަށް ހުށަހެޅޭނެ ޝަރުތުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރުވެފައިވާ އަދި 18 އަހަރުނުވާ ނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ. އެންސީއޭގެ ވެބްސައިޓު މެދުވެރިކޮށް އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ދަފްތަރު ކުރެވިފައިވާކަން އަންގައިދޭ ލިޔުމެއް ދޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
އެ ދަފްތަރު އަހަރަކު އެއް ފަހަރު އަޕްޑޭޓްކުރާނެ ކަމަށާއި ނުކުރާ ނަމަ ދަފްތަރުން އިންއެކްޓިވް ކުރާނެ ކަމަށް ބުންޏެެވެ. އަދި ދަފްތަރުގައި ހިމެނޭ މީހުންގެ މައުލޫމާތު ސިއްރުކުރަން ޖެހެ އެވެ.
ނަސްރީން ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސައިފި
މުލިއާގޭ ގަރާޖް ޒުވާނުންގެ ހަބެއްގެ ގޮތުގައި ހުޅުވައިފި
އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމް އިތުރު ތިން އަހަރަށް
ޝަކުވާތަކާ ހެދި މީޑިއާތަކަށް ފައިސާ ދިނުން ކެންސަލް
18 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދެނީ
ފަލާހުގެ ވާހަކަ ކުށްވެރިކުރި މުވައްޒަފަކު ވަކިކޮށްފި
ދައުލަތުގެ ބަޖެޓުން މީޑިއާއަށް ފައިސާ ދޭ އުސޫލު ނެރެފި
އެމްއެމްސީއަށް ހޮވުނަސް މަގާމު ހަވާލުނުކޮށް ލަސްކުރަނީ
ނަރީޝް، ޔޫތު މިނިސްޓަރުގެ އެޑްވައިޒަރަކަށް
ނަސޯފާގެ އާޓުގެ ދުނިޔެ ސްކޫލްތެރެއަށް