Roadha Mihaaru

48 ގަޑިއިރަށް ދެމިގެންދާ ހެކަތޯންގައި 85 ޒުވާނުން، އެއްވަނަ އިނާމަކަށް އެއްލައްކަ ރުފިޔާ

ޖުމުލަ 85 ޒުވާނުންނާ އެކު "ޔޫތު ހެކަތޯން" ޔޫތު މިނިސްޓްރީން އިއްޔެ ފަށައިފި އެވެ.

48 ގަޑިއިރަށް ދެމިގެންދާ ހެކަތޯންގައި 85 ޒުވާނުން

ޖުމުލަ 85 ޒުވާނުންނާ އެކު "ޔޫތު ހެކަތޯން" ޔޫތު މިނިސްޓްރީން އިއްޔެ ފަށައިފި އެވެ.

ކޯޑިން އަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަ ކޮށްގެން މެދުނުކެނޑި 48 ގަޑިއިރަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ތަފާތު ހަތަރު "ޓީމެޓިކް އޭރިއާ" އަކަށް ޕިޗު ހުށަހަޅާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ހުށަހެޅުންތަކުގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. އެއްވަނަ އަށް ހޮވޭ މީހެއްގެ އިނާމަކީ އެއްލައްކަ ރުފިޔާ އެވެ. ދެވަނަ އަށް 75،000ރ އަދި ތިންވަނަ އަށް ހޮވޭ މީހަކަށް 50،000ރ. ގެ ފައިސާގެ އިނާމާއި ސްޕޮންސަރުގެ ފަރާތުން ހަދިޔާކުރާ އިނާމުތައް ލިބޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ޓެކްނޮލޮޖީގެ އެހީގައި މުޖުތަމައުގައި މިވަގުތު ހުރި މައްސަލަތައް ހައްލު ހޯދުމަށާއި މުޖުތަމައުއަށް ފައިދާ ކުރަނިވި އާއުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހެކަތޯންގައި ފަހިވާނެ އެވެ.

މި އަހަރުގެ ޔޫތު ހެކަތޯންގެ ބައެއް ބައިވެރިން.---ފޮޓޯ: ޔޫތު މިނިސްޓްރީ

މި އަހަރުގެ ޔޫތު ހެކަތޯންގެ ބައެއް ބައިވެރިން.---ފޮޓޯ: ޔޫތު މިނިސްޓްރީ

މާދަމާގެ ނިޔަލަށް ޔޫތު ހަބްގައި ކުރިއަށް ގެންދާ ޔޫތު ހެކަތޯން ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވީ، މި އަހަރުގެ ހެކަތޯންގައި ގިނަ ޓީމުތަކެއް ބައިވެރިވުމުން އެނގެނީ ޒުވާނުންގެ ޝައުގުވެރިކަން ކަމަށެވެ.

މި އަހަރުގެ ޔޫތު ހެކަތޯންގެ ބައެއް ބައިވެރިން.---ފޮޓޯ: ޔޫތު މިނިސްޓްރީ

މި އަހަރުގެ ޔޫތު ހެކަތޯންގެ ބައެއް ބައިވެރިން.---ފޮޓޯ: ޔޫތު މިނިސްޓްރީ

އޭނާ ވިދާޅުވީ، ހެކަތޯންގެ ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން އައިޓީގެ ދާއިރާ އިން ބައްދަލުވެ، އިތުރު މަގުތައް ހޯދައިދިނުން ކަމަށެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ގައުމަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އީޖާދީ ގޮތެއްގައި ގެނެވިދާނެ ހައްލުތައް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ހެކަތޯން ފެށުމުގެ ގޮތުން ޔޫތު މިނިސްޓަރު އަސްވާޑް ވާހަކަ ދައްކަވަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

މި އަހަރުގެ ހެކަތޯން ފެށުމުގެ ގޮތުން ޔޫތު މިނިސްޓަރު އަސްވާޑް ވާހަކަ ދައްކަވަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

"މިދިޔަ އަހަރު އަޅުގަނޑުމެން ވަރަށް ދުރާލާ އިއުލާން ކޮށްގެން ލިބުނު ވަރަށް ވުރެ ގިނައިން މި އަހަރު މިތަނުގައި ޓީމުތައް ވެސް ހިމެނޭނެ ކުދިން ވެސް ހިމެނޭނެ. އެހެންވީމާ އެ އިން އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ޒުވާނުން މިކަމަށް އޮތް ޝައުގު،"" މިނިސްޓަރު ވިދާޅުވި އެވެ.