ރާއްޖެ އަށް ކަނޑުމަގުން އެތެރެ ކުރި 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ދެ މީހުން އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
27 މާޗް 2017
ރާއްޖެ އަށް ކަނޑުމަގުން އެތެރެ ކުރި 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ދެ މީހުން އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަގުމަތީ އަގު 100 މިލިއަން ރުފިޔާ އަށް އަރާ އެ މަސްތުވާތަކެތި މާޗް، 2014 ގައި ރާއްޖެ އެތެރެކުރި މައްސަލައިގައި އުމުރަށް ޖަލަށް ލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރުމުގެ ހުކުމެއް އައީ ހ. އެވާޕީސް އަބްދުﷲ ސޮފްވަތާއި ގ. ޓްރަސްޓް ހޯމް އިސްމާއީލް މޫސާގެ މައްޗަށެވެ. އެ ދެ މީހުންނަކީ އެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހުން ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހުންނެވެ.
އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ބެއްލެވި އެ މައްސަލައިގައި ކުރި ހުކުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. ނަމަވެސް އިސްމާއީލާއި ސޮފްވަތު އުމުރަށް ޖަލަށްލުމާ އެކު ޖޫރިމަނާ ކުރަން އެ ހުކުމުގައި ކަނޑައެޅިކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ. ހުކުމުގައި އަންގާފައިވަނީ ޖޫރިމަނާ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށެވެ.
އެ މައްސަލަ ދައުލަތަށް ކާމިޔާބުވި އިރު، އެ މައްސަލަ ކާމިޔާބު ވެދާނެ ކަމާ މެދު ކުރިން އޮތީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ ދައުލަތުގެ ބައެއް ހެކިވެރިން ތަހުގީގުގައި ހެކިބަސް ދިން ގޮތާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދިނުމާއި ތަހުގީގު މަރުހަލާގައި ގާނޫނާ ޚިލާފަށް ހެކި ހޯދި ކަމަށް ބުނެ ދިފާއީ ވަކީލުން ބޮޑެތި މައްސަލަތަކެއް ފާހަގަ ކޮށްފައި އޮތުމުންނެވެ.
މަސްތުވާތަކެތި ހުރި ޑިންގީ ގެނައި އީރާނުގެ މަސްބޯޓު --ފޮޓޯ/ޕޮލިސް
އީރާނުގެ ބޯޓެއްގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި އެ މަސްތުވާތަކެތި އަތުލައިގަތުމަށްޓަކައި ފުލުހުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި އޮޕަރޭޝަނެއް ހިންގައިފަ އެވެ. މަސްތުވާތަކެތި އަތުލައިގަތީ އެ ތަކެތި ފޮރުވާފައި ހުރި ޑިންގީ، ދޯންޏެއްގައި މާލެ ގެނެސް، ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވަ އެވެ. އެއީ އޭރު ރާއްޖޭގައި އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެއްޗެކެވެ.
އެ މައްސަލާގައި 18 މީހަކު އެންމެ ފުރަތަމަ ހައްޔަރު ކުރިޔަސް ހެކި ނެތުމުގެ ސަބަބުން، އިސްމާއިލް އާއި ސޮފްވަތު ފިޔަވައި ބާކީ ތިބި އެންމެންނަށް ދައުވާ ނުކޮށް ވަނީ ދޫކޮށްލައިފަ އެވެ.
މަސްތުވާތަކެތި ފޮރުވާފައި ހުރި ޑިންގީ --ފޮޓޯޕޮލިސް
އެ މައްސަލައިގައި އިސްމާއީލްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން އުފުލި އެވެ. އެކަމަކު ތަހުގީގު މަރުހަލާގައި ހެދިފައި ހުރި އިޖްރާއީ ގޯސްތަކެއްގެ ސަބަބުން ކޯޓުން ވަނީ އެ މައްސަލަތައް ކުރި އަށް ނުގެންދެވޭނެ ކަމަށް ކުރިން ނިންމައިފަ އެވެ.
ދިރުވާލައިގެން ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށް
އެންމެ ބޮޑު ޑްރަގް މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ
ޑްރަގް އެތެރެކުރި ޗައިނާ މީހަކު ހައްޔަރުކޮށްފި
ޑްރަގް މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށް
އެއްކިލޯގެ ޑްރަގާ ހަވާލުވާން ދިޔަ މީހާ ހައްޔަރުކޮށްފި
ޕާރުސަލަކުން ކިލޯއެއްހާ ޑްރަގް:އެންމެން ސަލާމަތްވެއްޖެ
އެހެންމީހެއްގެ ނަމުގައި ޑްރަގް އެތެރެކުރި މީހަކު ޖަލަށް
72 ކިލޯ ޑްރަގް: ހަތް މީހަކަށް ކުރި ދައުވާ ނަގައިފި
ޖީބުން ފެނުނަސް، ޗެއިން ދިމާނުވާތީ ކުށް ސާބިތެއްނުވި
ޑްރަގް މައްސަލާގައި ލިޔުންތައް ހަމައަށް ފޮނުވި: ޕޮލިސް